އުމުރުން 58 އަހަރުގެ އިނގިރޭސިވިލާތުގެ ފިރިހެނަކު ފަޅުތެރޭގައި އޮތްކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ އިއްޔެ ހެނދުނު 9:45 ގަ އެވެ.
އައިޖީއެމްއެޗުން ބުނީ އެމީހާ ހޮސްޕިޓަލަށް ގެނައި އިރުވެސް އެމީހާ މަރުވެފައިވާ ކަމަށެވެ.
މިއަދު އެހާދިސާއާ ގުޅިގެން ފުލުހުން ބުނީ މޫދުގައި މަރުވެފައި އޮއްވާ ފެނުނު މީހާ، އިއްޔެ 9:29 ހާއިރު އެ ސަރަހައްދު މޫދަށް އަމިއްލައަށް އެރޭ މަންޒަރު ފެންނަ ކަމަށެވެ. އަދި އޭގެ ކުޑައިރުކޮޅެއް ފަހުން އޭނާގެ ހަށިގަނޑު ފެންމަތީގައި ހަރަކާތެއް ނެތި އޮތް މަންޒަރު ވެސް ސީސީޓީވީ ފޫޓޭޖުން ފެންނަ ކަމަށް ފުލުހުން ބުނެ އެވެ.
އެމީހާ މޫދުން ނަގާފައި ވަނީ ފުލުހުންގެ ޓޯޔާޑު ކުރިމަތިން ފަޅުތެރެއިންނެވެ. އެމީހާ މޫދުން ނަގާފައި ވަނީ ފުލުހުންގެ ޓޯޔާޑު ކުރިމަތިން ފަޅުތެރެއިންނެވެ.