މަސައްކަތުގައި ބިޒީކޮށް އުޅެމުން ވެސް އަރްޖުންއަކީ ސޯޝަލް މީޑިއާގައި އެކްޓިވް ތަރި އެކެވެ. އޭނާ ދާދި ފަހުން މި ވަނީ ފޭނުންނަށް ނަސޭހަތުގެ ހެޔޮ ބަސްކޮޅެއް ހިއްސާކޮށްފަ އެވެ.
އެގޮތުން ޖަޕާނުގެ ފިލޯސޮފަރު ދައިސާކޫ އިކޭދާގެ ބަސްތައް ހިއްސާކުރަމުން އޭނާ ބުނެފައި ވަނީ މަންމައެއް ލޯތްބާއި ކުރާ ގުރުބާނީތައް ދުވަހަކު ވެސް ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ.
ބިޒީކޮށް އުޅެމުން މިފަދަ ހެޔޮ ބަސްތައް ފޭނުންނަށް އަރްޖުން ހިއްސާކުރަމުން ދާއިރު، "ބޫތު ޕޮލިސް" އަކީ އޭނާ އާއި ސައިފު އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ.