ads
ޕާކިސްތާންގެ ބޮޑުވަޒީރު އިމްރާން ހާން-
އިޒްރާއިލްއަކީ ވަކި ދައުލަތެއް ގޮތުގައި ބަލައި ނުގަންނާނަން: ޕާކިސްތާން
އިޒްރާއިލްއަކީ ވަކި ދައުލަތެއް ގޮތުގައި ބަލައި ނުގަންނާނެ ކަމަށް ޕާކިސްތާނުން ބުނެފިއެވެ.

ޕާކިސްތާނުގެ ފޮރިން މިނިސްޓްރީ އިން ބުނީ އަރަބި ގައުމުތަކުން އިޒްރާއިލާއި އެކު ހާރިޖީ ގުޅުން ގާއިމްކޮށް އެމީހުންގެ ސިޔާސަތުތައް ބަދަލުކުރި ނަމަވެސް  އިޒްރާއީލާއި މެދު ޕާކިސްތާނުން ގެންގުޅޭ ހާރިޖީ ސިޔާސަތު ބަދަލެއް ނުކުރާނެ ކަމަށެވެ.

ޕާކިސްތާނުގެ ފޮރިން މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ޒާހިދް ހަފީޒް ވިދާޅުވީ އެގައުމުން އިޒްރާއީލަކީ ވަކި ދައުލަތެއް ގޮތުގައި ބަލައިގަނެ ހާރިޖީ ގުޅުން ގާއިމު ކުރަން އުޅޭ ކަމަށް ބުނެ ފަތުރަނީ ހަގީގަތާއި ހިލާފު ހަބަރުތަކެއް ކަމަށެވެ.

ސުލްހަ ގާއިމްކުރެވޭނީ އދ އާއި އޯއައިސީގެ ނިންމުންތަކަށް ބޯލަނބައި 1967ގެ ކުރިން ބޯޑަރުތަށް އޮތްގޮތަށް ފަލަސްތީނުގެ ބިންތައް ދޫކޮށްލައި ގުދުސް އަކީ ފަލަސްތީނުގެ ވެރިރަށް ކަމަށް އިސްރާއީލުން ބަލައިގަތުމުން ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

ހޯމަ ދުވަހު އިޒްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ސިއްރު މަޝްވަރާތަކަށް ސައުދީ އަރަބިއްޔާއަށް ވަޑައިގެންފައެވެ. އެކަމާ ގުޅޭ ގޮތުން ދެގައުމުގެ ސަރުކާރުން ރަސްމީކޮށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.

  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް