ads
ފޮރިން މިނިސްޓަރު ޝާހިދު އާއި ތުރުކީގެ ފޮރިން މިނިސްޓަރު---
ތައުލީމީ ދާއިރާ ކުރިއެރުވުމަށް ތުރުކީއާ އެކު މަޝްވަރާކޮށްފި
ތައުލީމީ ދާއިރާ ހިމެނޭ ގޮތަށް ގިނަ ދާއިރާތަކަކުން ރާއްޖެއާއި ތުރުކީއާއި ދެމެދު ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި އެވެ.

އައިސީގެ ހާރިޖީ ވަޒީރުންގެ 47 ވަނަ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާއި ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުތް ޗަވްޝޮންގްލޫ އާއިއެކު ބޭއްވެވި ބައްދަލުވުމުގައި ރާއްޖެއާއި ތުރުކީއާއި ދެމެދު ގިނި ދާއިރާތަކަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފައިވެ އެވެ.

އެގޮތުން ތައުލީމީ ދާއިރާގެ އިތުރުން ވިޔަފާރީ އާއި ދަނޑުވެރިކަމުގެ ދާއިރާއާއި ވިޔަފާރީގެ ދާއިރާއިން ރާއްޖެއާއި ތުރުކީއާއި ދެމެދު ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާއިމެދު މަޝްވަރާކުރައްވާފައިވާ ކަަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

އަދި ޓާކިޝް އެއާލައިނުން ރާއްޖެއަށް އަލުން ދަތުރުތައް ފަށާފައިވާކަން ފާހަގަކުރައްވާ އެކަމަށްވެސް މިނިސްޓަރު ވަނީ ޝުކުރުއަދާކުރައްވާފަ އެވެ. ޝާހިދު ވިދާޅުވީ ޓާކިޝް އެއާލައިނުން ރާއްޖެއަށް އަލުން ދަތުރުތައް ފަށުމާއިއެކު ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބެމުންދާކަމަށެވެ.

ރިޕަބްލިކް އޮފް ނައިޖާގެ ވެރިރަށް ނިއާމޭގައި ނޮވެމްބަރު 27 އިން 28 އަށް ބާއްވާ އޯގަނައިޒޭޝަން ފޮ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ހާރިޖީ ވަޒީރުންގެ 47 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު ޝާހިދު ފުރާވަޑައިގެންފައި ވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ.

ބައްދަލުވުމުގެ މިފަހަރުގެ ޝިއާރަކީ "ތަރައްގީގެ ހަމަޖެހުމަށް ގުޅިގެން ޓެރަރިޒަމާ ދެކޮޅަށް" އެވެ.

އެ ބައްދަލުވުމުގައިރާއްޖޭގެ ފަރާތުން ތަގްރީރުކުރައްވަމުން، ކޮވިޑް-19 ގެ ހާލަތު ރާއްޖޭގައި އޮތް ގޮތާއި، އެކަމުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކާ ދެކޮޅަށް ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކާ ބެހޭ ގޮތުން މިނިސްޓަރު ޝާހިދު ވާހަކަ ދައްކަވާނެ އެވެ.

އަދި އިސްލާމީ އުއްމަތަށް މިވަގުތު ކުރިމަތިވެފައިވާ ކަންކަމާމެދު ރާއްޖެއިން ދެކޭ ގޮތް ހާމަކުރައްވައި، އުއްމަތް އެކަތިގަނޑަކަށް ވުމަށް ގޮވާލައްވާނެ ކަމަށާއި އޭގެ އިތުރުން އެ ބައްދަލުވުމުގެ ހަވާސާގައި ބައެއް ގައުމުތަކުގެ ހާރިޖީ ވަޒީރުންނާއެކު މިނިސްޓަރު ޝާހިދު ބައިލޭޓަރަލް ބައްދަލުވުންތައް ބާއްވަވާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެ އެވެ. 

 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް