ads
ބޮޑީ ބިލްޑިން އެސޯސިއޭޝަން
ބޮޑީބިލްޑިން އެސޯސިއޭޝަންގެ ޓެކްނިކަލް ކޮމިޓީގެ މެންބަރު ކަމަށް ހުޅުވާލައިފި
ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޓެކްނިކަލް ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޓެކްނިކަލް ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތި ލުމުގެ ފުރުސަތު މިމަހުގެ 26 ފެށިގެން ހުޅުވާލާފައިވާއިރު އެ އެސޯސިއޭޝަންގެ ޓެކްނިކަލް ކޮމިޓީ އަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން، ކޮމިޓީއަށް އައްޔަނު ކުރާނީ ހަތަރު މެންބަރުންނެވެ.

އެސޯސިއޭޝަނުން ވަނީ ކޮމިޓީއަށް ކުރިމަތި ލުމަށް ބޭނުންވާ ފަރާތްތަކުން މިއަހަރުގެ ނޮވެމްބަރު 26 ވަނަ ދުވަހުން ފެށިގެން މިއަހަރުގެ ޑިސެމްބަރު ފަސް ވަނަ ދުވަހުގެ 13:00 ގެ ކުރިން، ކުރިމަތިލުމަށް ބޭނުންވާ ފަރާތުގެ ވަނަވަރު ހިމެނޭގޮތަށް، އެ އެސޯސިއޭޝަންގެ އިދާރާއަށް ލިޔުމަކުން ހުށަހެޅުމަށް އެދިފައެވެ. ކޮމެޓީއަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށްވެސް ކުރިމަތި ލެވޭނެ ގޮތް އެ އެސޯސިއޭޝަނުން ވަނީ ހަމަޖައްސާފައެވެ.

އެގޮތުން އީމެއިލް ކުރާނަމަ އެއެސޯޝިއޭޝަނުގެ މެއިލަށް އީމެއިލް ކުރުމަށް ވެސް ވަނީ އެދިފައެވެ. ބޮޑީބިލްޑިން އެސޯސިއޭޝަންގެ ޓެކްނިކަލް ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާ ފަރާތްތަކީ ދިވެހި ރައްޔިތަކަށް ވުމުގެ އިތުރުން އެ އެސޯސިއޭޝަންގެ ފަރުދީ މެންބަރެއް ކަމަށް ވާން ޖެހެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް