ads
ބާ ކައުންސިލްގެ މެމްބަރުންނާއި ރައީސް ބައްދަލުކުރައްްވަނީ--
ބާ ކައުންސިލުގެ އޮފީސް ހިންގާނެ ޢިމާރާތެއް ހޯދަނީ
ބާ ކައުންސިލުގެ އޮފީސް ހިންގާނެ އިމާރާތެއް ހޯދުމަށް އެ ކައުންސިލުން އިއުލާންކޮށްފި އެވެ.

އެ ކައުންސިލުން މީގެ ކުރިންވެސް ވަނީ އޮފީސް ހިންގާނެ އިމާރާތެއް ހޯދުމަށް އިއުލާންކޮށްފައެވެ. އެހެންނަމަވެސް އޭރު ހުށަހަޅާފައިވާ ބިޑުތަކަކީ ބިޑް ޑޮކިއުމަންޓުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވާ ބިޑުތަކަކަށް ނުވާތީ، އެ އިއުލާން ބާތިލުކޮށް، އެ ކައުންސިލުގެ އޮފީސް ހިންގާނެ އިމާރާތެއް ކުއްޔަށް ދޫކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ހުށަހެޅުމަށް އަލުން ވަނީ މިމަހުގެ 26 ވަނަ ދުވަހު އިއުލާނު ކޮށްފައެވެ. 

ބާ ކައުންސިލުގެ އިދާރާ މިހާރު ހިންގަނީ ހ.އޯކިޑްމާގެ، އެއްވަނަ ފަންގިފިލާގައެވެ. އެކައުންސިލުން ބުނީ އެ ކައުންސިލުގެ އޮފީސް ހިންގާނެ އިމާރާތެއް ކުއްޔަށް ދޫކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 30 ވާ ހޯމަ ދުވަހުގެ 09:00 އަށް އެ ކައުންސިލުގެ އިދާރާއިން މައުލޫމާތު ސާފުކުރުމަށްފަހު، ޑިސެންބަރު ތިނެއް ވާ ބުރާސްފަތި ދުވަހުގެ 09:00 އަށް އެ އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުމަށް އެދޭ ކަމަށެވެ.

އެ މަސައްކަތާގުޅޭ އިތުރު މައުލޫމާތު ބާ ކައުންސިލުގެ އީމެއިލް އެޑްރެހަށް އީމެއިލްކުރެއްވުމުން ލިބޭނެކަމަށްވެސް އެއިދާރާއިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް