ads
އަޝްފާގު
ވަރުގަދަ ކެމްޕެއިނަކަށް ފަހު ފަސޭހަކަމާ އެކު ދަގަނޑޭ ބްރެކެޓް ޗެލެންޖު ކާމިޔާބުކޮށްފި
ވަރުގަދަ ސޯޝަލް މީޑިއާ ކެމްޕެއިނަކަށް ފަހު، ފަސޭހަކަމާ އެކު އޭއެފްސީ ބްރެކެޓް ޗެލެންޖްގެ ރާއްޖޭގެ އަލީ އަޝްފާގު ކާމިޔާބުކޮށްފިއެވެ. އަޝްފާގު މި ޗެލެންޖު ކާމިޔާބުކުރީ ހޮންގްކޮންގެ ޗަން ސިއު ކީއާ ފައިނަލުގައި ވާދަކޮށްގެނެވެ.

މިއަދު މެންދުރު އެކެއް ޖެހިއިރު މި ޗެލެންޖަށް ވޯޓު ލުމުގެ ގަޑި ހަމަވިއުރ ދަގަނޑޭވަނީ 89 އިންސައްތަ ވޯޓު ހޯދާފައެވެ. އަޝްފާގަށް ވަރުގަދަ ސޯޝަލް މީޑިއާ ކެމްޕެއިނެއް ކުރިއެވެ. އަޝްފާގަށް ސޯޝަލް މީޑިއާގައި ކެމްޕެއިން ކުރި ފަރާތްތަކުގެ ތެރޭގައި ބްރެކެޓް ޗެލެންޖުގައި ވާދަކުރި އަޝްފާގުގެ ގޯލް ޖެހިއިރު ނިއުގެ ކޯޗަކަށް ހުރި ބަލްގޭރިއާގެ ވެލިޒާ ޕޮޕޯވްވެސް ހިމެނެއެވެ.

ޕޮޕޯވް ބުނި ގޮތުގައި ޕާސިބޯ ކޮޅަށް އަޝްފާގު ޖެހި އެ ހިތްގައިމު ގޯލަކީ ވޯޓެއް ނެގިއަސް ނުނެގިއަސް އޭއެފްސީ ކަޕުގެ ތާރީޚުގެވެސް އެންމެ މޮޅު ގޯލެވެ.

އަޝްފާގުގެ އެ ގޯލަކީ ދެބަސްވެވެން ނެތް ގޮތުގައި އޭއެފްސީ ކަޕުގެ އެންމެ މޮޅު ގޯލު. އަޝްފާގުގެ ހުނަރު ފުރިހަމައަށް ފެނިގެން ދިޔަ މޮޅު ގޯލެއް އެއީ. އަޝްފާގަކީ ރާއްޖޭގެ މެރަޑޯނާ ނުވަތަ ޕެލޭ ފެންވަރުގެ ކުޅުންތެރިއެއް.

ބްރެކްޓް ޗެލެންޖު ކާމިޔާބު ކުރި އަޝްފާގުގެ ގޯލަކީ ދެހާސް ތޭރަވަނަ އަހަރުގެ އޭއެފްސީ ކަޕުގައި އިންޑޮނީޝިއާގެ ޕާސިބޯކޮޅަށް ދަގަނޑޭ ނިއުރޭޑިއަންޓަށް ޖަހައިދިން ގޯލެކެވެ. އެ މެޗުން ނިއު މޮޅުވީ ހަތް ލަނޑު ސުން ލަނޑުންނެވެ. 

އަޝްފާގުވަނީ އޭނާގެ ގޯލަށް ވޯޓް ހޯދައިދިން ފަރާތްތަކަށް ސޯޝަލް މީޑިއާގައި ޝުކުރު އަދާކޮށްފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް