އެހެނަސް މަދުންނަމަވެސް ފެންނަ އޮތް ހަގީގަތަކީ، މިގޮތަށް ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނަމުގައި އިދިކޮޅު ކޯލިޝަނުން މަގުމައްޗަށް ނިކުތުން މިއީ އެ ޕާޓީގެ ގިނަ ސިޔާސީ ލީޑަރުންގެ ވިސްނުމާއި ފިކުރާއި ހިލާފު ކަމެކެވެ. ނުވަތަ އެއީ ބައެއް ސިޔާސީ ލީޑަރުން އެހާ ގަޔާވާ ކަމެއް ނޫން ކަމެވެ. އެކަމަކު ކޮންމެ ސިޔާސީ ޕާޓީއަކުންވެސް މިކަން މިމަގުން ކުރިއަށްގެންދާކަން ދޮގުކުރެވޭކަށް ނެތެވެ. ފަހަރުގައި އެއީ އޮޑީގެ މުދިމު ނެތި ދަތުރަށް ފުރުމުން ވާ ކަމެއްކަމަށް ވެދާނެއެވެ.