ads
ޝައްމާން މުހައްމަދު
ޝަމްއާނާއި 4 އޮފިސަރުންގެ މައްޗަށް ދައުވާ ކުރުމާ މެދު ޕީޖީ މި ހަފްތާގައި ގޮތެއް ނިންމަނީ
ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދާއި އިމިގްރޭޝަންގެ 4 އޮފިސަރެއްގެ މައްޗަށް ދައުވާކުރުމާމެދު މި ހަފްތާގައި ގޮތެއް ނިންމާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
Advertisement

މި މައްސަލައިގައި ތުހުމަތު ކުރެވެނީ ރިޝްވަތު ދިނުމާއި، ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ކުށުގެ ތުހުމަތުގައެވެ. ފުލުހުން މި މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ޝަމްއާން ހިމެނޭހެން ފަސް މީހުންނެވެ. އެއީ 36 އަހަރުގެ މުހައްމަދު ޝަމްއާން ވަހީދު، 21 އަހަރުގެ މުހައްމަދު އަލްސަން އިސްމާއިލް، 37 އަހަރުގެ އިބްރާހިމް އަހްމަދު، 47 އަހަރުގެ ހަސަން ސަހެޝާން އަދި 40 އަހަރުގެ އަހްމަދު ލައްސާނުއެވެ. މި ފަސް މީހުން އަދިވެސް ތިބީ ފުލުހުންގެ ބަންދުގައެވެ. ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލައިގެ އިސްތިއުނާފު ބަލައި ނުގަތުމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފައެވެ.

ފުލުހުން ބުނާ ގޮތުގައި މި މައްސަލައިގައި އިމިގްރޭޝަންގެ ބައެއް އޮފިސަރުން މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިދޭސީން ދިރިއުޅޭ ގެއެއް ރެއިޑްކޮށްފައިވެއެވެ. އަދި އެ ރެއިޑުގައި ހައްޔަރުކުރި ބިދޭސީއަކު ބައިމިލިއަނެއްހައި ރުފިޔާ ދިނުމުން ދޫކޮށްލީ ޝަމްއާނުގެ އަމުރަކަށް ކަމަށް ފުލުހުން ތުހުމަތުކުރެއެވެ. މި މައްސަލައާ ގުޅިގެން ޝަމްއާނުގެ ގެ ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ ފައިސާގެ އިތުރުން އިލެކްޓްރޯނިކް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް