ads
ފޮޓޯ: ފެނަކަ
35 މިލިއަން ރުފިޔާގެ ފައިދާ އާއެކު ފެނަކަ ތާރީހުގެ ތެރެއަށް
ފެނަކަ ކޯޕަރޭޝަންގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެ ކުންފުންޏަށް ފައިދާވެއްޖެ އެވެ.

މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 35 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓުން ދައްކާ އިރު، މިއީ އެ ކުންފުނީގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ލިބުނު ސާފު ރިޕޯޓް ކަމަށް އެ ކުންފުނިން ބުންޏެވެ.

ކޮރަޕްޝަންއާ ދެކޮޅަށް ސަރުކާރުން އަމަލުކުރަމުންދާ ސިޔާސަތާއި އެއްގޮތަށް ފުރިހަމައަށް ނަތީޖާ ދައްކައިދެވުނު ކަމަށާއި، މިދިޔަ އަހަރު ލިބުނު މި ނަތީޖާ އިން އެކަން ވަރަށް ރަނގަޅަށް ހާމަވާ ކަމަށް ފެނަކަ އިން ވަނީ ބުނެފަ އެވެ.

2018 ވަނަ އަހަރުގެ ޑިސެމްބަރު 18 އިން ފެށިގެން މިއަދާއި ހަމައަށް ފެނަކަ ކޯޕަރޭޝަނުން 49 އާ އިންޖީނުގޭގެ މަސައްކަތް ފެށުމާއި، 20 އިންޖީނުގެ އެއްކޮށް ނިންމައި، ކަރަންޓުގެ 77 މެގަވަޓް އިންސްޓޯލްކޮށްފައިވެ އެވެ.

އަދި މުޅި ރާއްޖޭގެ ހުރިހާ އިންޖީނުގެއެއް ގުޅާލައި، ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމާއި، ނަރުދަމާ ނިޒާމުތަކަށް ޙައްލު ހޯދައިދީ، ރައްކާތެރި ފެނުގެ ހިދުމަތް ކަށަވަރު ކޮށްދިނުން ފަދަ މަސައްކަތްތައް ކޮށްފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ފެނަކަ އިން ވަނީ ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ތެދުވެރިކަމާއި އެކު ދެމިތިބޭނެ ކަމަށާއި، ރައްޔިތުންގެ ފައިދާއަށަ ޓަކައި އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް