ads
ހީނާ ހާން--
ހީނާ އަނެއްކާ ވެސް ރާއްޖެ އަތުވެއްޖެ
ސްޓާ ޕްލަސް އިން ދެއްކި މަޝްހޫރު ޑްރާމާ ޔޭ ރިޝްތާ ކިޔާ ކެހްލާތާހޭގައި މަސައްކަތްކޮށް ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ހީނާ ހާން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށް ހީނާ އޭނާގެ ލޯބިވެރިޔާ ރޮކީ ޖެއިސްވާލް އާއެކު ރާއްޖެ އައިސްފައިވާއިރު އެމީހުން ޗުއްޓީ ހޭދަކުރަމުން އަންނަނީ ފުރަވެރި އައިލެންޑް ރިސޯޓުގަ އެވެ. 

ރާއްޖޭގައި ނަގާފައިވާ ވީޑިއޯތަކާއި ފޮޓޯތައް ހީނާ އަންނަނީ އޭނާގެ 10.3 މިލިއަނަށް ވުރެ ގިނަ ސަޕޯޓަރުންނަށް އިންސްޓަގްރާމު މެދުވެރިކޮށް ހިއްސާކުރަމުންނެވެ. 

އިއްޔެ ހީނާ ރާއްޖެ އައިއިރު ހީނާ ބުނާ ގޮތުންނަމަ، އޭނާ ހުރީ މިއޮއްހާ ދުވަހު ރާއްޖެއަށް އަންނަން ވަރަށް ކެތްމަދުވެފަ އެވެ. މިއީ އޭނާ ރާއްޖެއަށް އައި ފުރަތަމަ ފަހަރެއް ވެސް ނޫނެވެ. އެގޮތުން ދެތިން ފަހަރެއްގެ މަތިން އާއިލާގެ އިތުރުން ލޯބިވެރިޔާއާއެކު ރާއްޖެއަށް އައެވެ. 

your imageހީނާ ހާން އާއި އޭނާގެ ލޯބިވެރިޔާ ރާއްޖޭގައި--

ހީނާ އެންމެ ފަހުން ފެނިގެން ދިޔައީ ކަސޯޓީ ޒިންދަގީ ކޭގެ ދެވަނަ ބައިން ކޮމޮލިކާގެ ރޯލުންނެވެ. އެކަމަކު ބޮލީވުޑުގައި މަސައްކަތް ކުރަން އެ ޝޯ، އޭނާ ދޫކޮށްލިއިރު އޭނާގެ ފުރަތަމަ ފިލްމު، "ހެކްޑް" މިހާރު ވަނީ ރިލީޒްކޮށްފަ އެވެ. 



75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް