ads
ސްޕްރީމް ކޯޓުގެ ކުރީގެ ފަސް ފަނޑިޔާރުން
މި އެންމެން މިއަދު ކޮބާ؟
ރާއްޖޭގެ ދުސްތޫރީ ހަޔާތަށް މިއަދު އަލިވިލުން އިރު މިއީ ވަރަށް ތަފާތު ދުވަހެކެވެ. ޢަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ މަތީ ބާރުކަމުގައިވާ ސުޕްރީމް ކޯޓަށް ބޮޑު ބަދަލެއް އައިސްފައިވާ ދުވަހެކެވެ.
ރާއްޖޭގެ ދުސްތޫރީ ހަޔާތަށް މިއަދު އަލިވިލުނުއިރު މިއީ ވަރަށް ތަފާތު ދުވަހެކެވެ. އަދުލުއިންސާފު ގާއިމުކުރުމުގެ އެންމެ މަތީ ބާރުކަމުގައިވާ ސުޕްރީމް ކޯޓަށް ބޮޑު ބަދަލެއް އައިސްފައިވާ ދުވަހެކެވެ.

އެންމެ ބާރުގަދަ ފަރާތަކީ ސުޕްރީމް ކޯޓުކަމަށް ދެކި، އަމިއްލައަށް ގާނޫނުތައް ހަދައި، މީހުންނަށް އަދަބުދީ ހެދި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ކުރެ އެންމެ ފަނޑިޔާރެއްވެސް މިއަދު މަގާމަކު ނެތެވެ.

އުއްތަމަ ފަނޑިޔާރުކަމުގެ މަގާމުގައި ދާދި އިހަށް ދުވަހަކާ ހަމައަށް ހުންނެވި ޑރ. އަހްމަދު އަބްދުﷲ ދީދީއާ، ސުޕްރީމް ކޯޓު އުފެދުނީއްސުރެ އެ ކޯޓުގައި ހުންނެވި އާދަމް މުހައްމަދު އަބްދުﷲ އެ މަގާމުގައި ބައިތިއްބަން ބޭނުން ނޫން ކަމަށް، ރައްޔިތުން ނިންމައި އެ ފަނޑިޔާރުން ވަނީ މަގާމުން ދުރުކޮށްފަ އެވެ. އަދި އޭގެ ދުވަސްކޮޅެއް ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ވެސް ވަނީ ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކާއި އެކު މަގާމުން ދުރުކޮށްފަ އެވެ.

ސުޕްރީމް ކޯޓުގައި އެންމެ ބާރުގަދަކޮށް ތިއްބެވި ފަނޑިޔާރުންގެ ތެރެއިން މަގާމު ނުގެއްލި މިވަގުތު ހުންނެވި ހަމައެކަނި ފަނޑިޔާރަކީ ޢަބްދުލްޣަނީ މުހައްމަދެވެ. އެހެންނަމަވެސް އޭނާވެސް ވަނީ މަގާމުން ސަސްޕެންޑްކޮށް މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވާފަ އެވެ. ފަނޑިޔާރު އަބްދުﷲ އަރީފު ވަނީ މަގާމުން ވަކިކުރުމުގެ ކުރިން، ސިއްހީ ސަބަބުތަކަށްޓަކައި އަމިއްލަފުޅަށް ރިޓަޔަމަންޓަކަށް އެދިވަޑައިގެން، މަގާމު ދޫކޮށްލައްވާފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ދިމާވި ހާލަތަކީ ކުރިއަށް އޮތް ތަނުގައި އެ މަގާމުތަކަށް ވަޑައިގަންނަވަން ތިއްބެވި ބޭފުޅުންނަށް އޮތް އިބުރަތެކެވެ. ދަސްކުރަންވީ ފިލާވަޅެކެވެ. އެންމެ ބާރުގަދައީ މަގާމު ނޫން ކަމާއި، ގޮތް ނިންމާނީ ރައްޔިތުންކަމެވެ.

ގާނޫނުތަކާއި ގަވާއިދުތައް ހިތު ހުރި ގޮތަކަށް މާނަކޮށް، ހިތުހުރި ގޮތަކަށް ކަންތައް ކޮށްގެން އަބަދަކު ނުތިބެވޭނެ އެވެ. ގާނޫނުގެ ދިގުއަތް ކޮންމެ މީހަކާވެސް އަރާ ހަމަ ކުރާނެ އެވެ. އެއީ އުއްތަމަ ފަނޑިޔާރު ވިޔަސް، މަޖިލީހުގެ ރައީސް ވިޔަސް އަދި ރައީސުލްޖުމްހޫރިއްޔާ ވިޔަސް އެކަން އޮންނާނީ ހަމަ އެގޮތަށެވެ. މަގާމާއި އާރާއި ބާރު ދެއްވަނީ ގަދަ ކީރިތިވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާ އެވެ. އެ މަގާމުގެ މަސްއޫލިއްޔަތު، ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު އަދާކުރުމަކީ ކޮންމެ މީހަކަސް ވެސް އޮތް ވާޖިބެކެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް