ads
ފޮޓޯ: ފުލުހުން
ގަސްތަކެއް ވަގަށް ނެގި މީހަކު ފުލުހުން ހޯދަނީ
މާލޭގެ ގެއަކުން ގަސްތަކެއް ވަގަށް ނެގި މައްސަލައިގައި މީހަކު ހޯދަން ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެ އެވެ.

ފުލުހުން ބުނީ މިމަހުގެ 25 ވަނަ ދުވަހުގެ ވަގުތެއްގައި މާލޭގެ ގެއަކުން ގަސްތަކެށް ވަގަށް ނަގާފައިވާކަމަށް ފުލުހުންނަށް މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގުކުރަމުން އަންނައިރު ފުލުހުން މިވަނީ އެ މީހާ ހޯދުމަށް ވީޑިއޯއެއް އާންމުކޮށްފަ އެވެ. 

އެ މައްސަލައިގައި ފުލުހުން އާންމުކޮށްފައިވާ ވީޑިއޯގައި ފެނިގެންދަނީ ގެއެއްގެ ކައިރީގައި ހުރި ގަސްތަކެއް ވަގަށް ނަގާ މަންޒަރެވެ. އެގޮތުން މާސްކް އަޅައިގެން ހުރި ފިރިހެނަކު ގަސްތައް ވަގައް ނެގައި މަންޒަރު ފެނިެގެންދާއިރު ވީޑިއޯއިން ފެނަގޮތުގައި އެ މީހާ ވަގަށް ނެގީ ދެ ގަހެވެ.

ފުލުހުން ވަނީ އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ އެ މައުލޫމާތު ފުލުހުންނަށް ހިއްސާކުރަން އެދިފަ އެވެ. 

މީގެ ކުރިން ވެސް މިފަދަ މައްސަލަތަކާއި ގުޅިގެން މީހުން ހޯދަން ފުލުހުން އާންމުންގެ އެހީއަށް އެދިފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް