ads
ގައިދީން ޖަލުގެ ފުރާޅު މަތީގައި--
ލަންކާ ޖަލުގައި ހިންގި ހަމަނުޖެހުމުގައި އަށް މަރު
ސްރީލަންކާގެ ޖަލެއްގައި ހަމަނުޖެހުން ހިންގާ، ގައިދީންނާއި ގާޑުންނާ ދެމެދު ކުރި ހަމަލާ ބަދަލު ކުރުންތަކުގައި އަށް މީހަކު މަރުވެ 52 މީހުން ޒަހަމްވެއްޖެ އެވެ.

މަހާރާ ޖަލުގެ ގައިދީން ހަޅުތާލު ކުރަން ފެށީ އެތަނުގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން ދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުންނެވެ. 

އެމީހުން ޑިމާންޑުކޮށްފައި ވަނީ ކަފާލާތުގެ ދަށުން މިނިވަން ކުރުމަށާއި ޖަލުގައި ދޭ ހިދުމަތްތައް ރަނގަޅު ކުރުމަށެވެ. ހަޅުތާލު ހަމަނުޖެހުމަށް ބަދަލުވުމުން ގާޑުން ވަނީ ބާރުގެ ބޭނުންކޮށްފަ އެވެ. 

ސްރީލަންކާގެ ޖަލުތަކުން މިހާތަނަށް 1،000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައި ވެއެވެ. މި ޖަލުގެ އިތުރުން ބައެއް އެހެން ޖަލުތަކުގައި މީގެ ކުރިން ހަޅުތާޅުކޮށްފައި ވެއެވެ. 

އެގޮތުން ކޮލޮމްބޯގެ ވެލިކަޑާ ޖަލުގައި ފުރާޅު މައްޗަށް އަރާ ގައިދީން ހަޅުތާލު ކުރި އެވެ. އަދި އަގުނަކޮލަޕަލައްސަ ޖަލުގައި އިހުތިޖާޖު ކުރާތާ އަށް ދުވަސް ވެއްޖެ އެވެ.

ލަންކާގެ ޖަލުތަކުގެ ކެޕޭސިޓީއަކީ 10،000 ނަމަވެސް 26،000 ގައިދީން އެތަންތަނުގައި ބަންދުކޮށްފައިވާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ބުނެ އެވެ.

މިދިޔަ މަހު ބޮޑު ދެ ކްލަސްޓާ ފެނުމާއެކު އެގައުމުގައި ކޮވިޑް-19 ކޭސްތައް ވަނީ ކުއްލިއަކަށް އިތުރުވެފަ އެވެ. އެގޮތުން 23،484 މީހުން ޕޮޒިޓިވްވެފައި ވާއިރު، 116 މީހުން ވަނީ މަރުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް