ads
ލ. މުންޑޫ ސްކޫލު
84،000 ދަރިވަރުން ދެ ވަނަ ޓާމަށް އެނބުރި ސްކޫލަށް
ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވާ 84،000 ދަރިވަރުން ފުރަތަމަ ޓާމުގެ 16 ދުވަހުގެ ޗުއްޓީ ނިމި ދެވަނަ ޓާމުގެ ކިޔެވުމަށް އެނބުރި ސްކޫލްތަކަށް މިއަދު ނުކުންނަން ފަށައިފިއެވެ.
Advertisement

މި ދަރިވަރުންނަށް ކިޔަވައިދިނުމަށް 11،000 އަށްވުރެ ގިނަ ޓީޗަރުން މަސައްކަތް ކުރާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

މިއަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ފަށާފައިވަނީ އޭޕްރިލް 7 ވަނަ ދުވަހުއެވެ. އަދި ޖުލައި 24 ވަނަ ދުވަހު ޓާމު ނިންމުމަށްފަހު ދަރިވަރުންނަށް ރިޕޯޓްފޯމް ދީފައިވެއެވެ. ދެވަނަ ޓާމުގެ ކިޔެވުން ނިމުމަށްފަހު މިއަހަރުގެ ޑިސެމްބަރު 28 ވަނަ ދުވަހުން ފެށިގެން 2026 ވަނަ އަހަރުގެ ޖަނަވަރީ 22 ވަނަ ދުވަހާ ހަމައަށް 25 ދުވަހުގެ ދިގު ޗުއްޓީއެއް ދަރިވަރުންނަށް ލިބޭނެއެވެ.

ދިރާސީ އަހަރުގެ ކިޔެވުން އަހަރުގެ މެދުތެރޭގައި ފަށާ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެނެސް ކުރިން އޮތްގޮތަށް ޖެނުވަރީ މަހު ކިޔެވުން ފަށާގޮތަށް ސަރުކާރުން ވަނީ މިފަހުން ބަދަލުކޮށްފައެވެ. މިއަހަރުގެ ދެވަނަ ޓާމަށްފަހު ކުދިންގެ ކިޔެވުން ޑިސެމްބަރު 25 ވަނަ ދުވަހު ނިމޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް