ads
އައިޖީއެމްއެޗް----- ފޮޓޯ: ސީއެންއެމް
މާލޭ ގެއެއްގައި މީހަކު ކަރަންޓުގައި ޖެހުނު މައްސަލައެއް ބަލަނީ
މާލޭ ގެއެއްގައި މީހަކު ކަރަންޓުގައި ޖެހުނު މައްސަލައެއް ބަލަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، ގަލޮޅުގައި ހުންނަ ގެ އެެއްގައި އުމުރުން 38 އަހަރުގެ އަންހެނަކު ކަރަންޓުގައި ޖެހުނު މައްސަލައެއް ބަލަމުންދާ ކަމަށާއި، އެމައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ މެންދުރު 01:18 ހާއިރު ކަމަށެވެ. 

ފުލުހުންބުނީ ކަރަންޓުގައި ޖެހުނު އަންހެން މީހާއަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށާއި، އޭނާގެ ހާލު ސީރިއަސް ނޫން ކަމަށެވެ. އަދި މިމައްސަލައާއި ގުޅިގެން އިތުރު ކަންކަން މިހާރު ބަލަމުންދާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި ކަރަންޓުގައި ޖެހުނީ އެމްޑަބްލިއުއެސްސީގެ ބިދޭސީ މަސައްކަތުމީހުން ހޮޅިއެއް ވަޅުލުމުގެ މަސައްކަތް ކުރުމަށް ކޮނުމަށްފަހު ކަރަންޓު ނަރު ބުރިކޮށްލާފައި އޮތުމުގެ ސަބަބުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް