ads
ސްކައުޓް އެސެންބްލީގެ 2019 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާ--
ސްކައުޓް އެސެންބްލީގެ އަހަރީ އާއްމު ޖަލްްސާ ޑިސެމްބަރުގައި
ގައުމީ ސްކައުޓް އެސެންބްލީގެ 2019 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

ސްކައުޓް އެސޯސިއޭޝަން އިން ބުނީ އެ ޖަލްސާ ބާއްވަން ނިންމާފައިވަނީ ޑިސެންބަރު 30 ވާ ބުދަ ދުވަހުގެ ހަވީރު 16:00 ގައި އޮންލައިންކޮށް ކަމަށެވެ.

އަދި އެ އެސޯސިއޭޝަނުން މިހާރު ވަނީ އެޖަލްސާއަށް ހާޒިރުވުމަށް 2019ވަނަ އަހަރުގެ ނިޔަލަށް އަހަރީ ފީ ދައްކާފައިވާ ސްކައުޓް ގުރޫޕުތަކުގެ މަންދޫބުންނަށް ދައުވަތު ދީ އިއުލާންކޮށްފަ އެވެ. 

ސްކައުޓް އެސެންބްލީގެ 2019 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި އެ އެސޯސިއޭޝަނުގެ ހަޒާންދާރު އިސްތިއުފާ ދެއްވާފައިވާތީ، އެސޯސިއޭޝަނުގެ ހިންގާ ގަވާއިދާ އެއްގޮތަށް އެ މަގާމަށް އައްޔަނުކޮށްފައިވާ ފަރާތް އެ މަގާމުގައި ދެމިހުރުމާމެދު އެސެންބްލީއަށް ފެންނަ ގޮތެއް ނިންމުން އޮންނާނެއެވެ. 

އަދި ސްކައުޓް އެސޯސިއޭޝަންގެ 2019 ވަނަ އަހަރު އަހަރީ ރިޕޯޓް ފާސްކުރުމާއި، އެ އެސޯސިއޭޝަންގެ 2019 ވަނަ އަހަރުގެ މަލީ ހިސާބުތައް ފާސްކުރުމުގެ އިތުރުން އެސޯސިއޭޝަންގެ 2021 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ފާސްކުރުން ވެސް އޮންނާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް