ނަތީޖާއެއްގެ ގޮތުން މި ރާއްޖޭގައި އެތަކެއް އަހަރު ރިސޯޓް ވިޔަފާރި ކުރަމުން އައި މަހުޖަނުން އިސާހިތަކު ފަގީރުވެ އެދާއިރާގައި މަސައްކަތްކުރަމުން ދިޔަ ގިނަ މުވައްޒަފުންތަކެއް މަގުމަތި ކޮށްލި އެވެ. ނޯޕޭއަށް ޗުއްޓީއަށް ފޮނުވުމާއި ވަޒީފާއިން އެފަރާތްތައް ވަކިކޮށް ބިކަ ކޮށްލީ އެވެ.
ސަރުކާރުން ހާމަކޮށްފައިވާގޮތުގައި ފާއިރުވި ހަ މަސްދުވަހުގެ ތެރޭގައި 10,000 އަށްވުރެއް ގިނަ މީހުންގެ ވަޒީފާ ވަނީ ގެއްލިފަ އެވެ. ޖޮބް ސެންޓަރުގެ ހިސާބުތަކަސް ބަލާއިރު, މިއަހަރުގެ އެޕްރިލް މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް 10,538 ކަށް ވުރެއް ގިނަ މީހުން ވަޒީފާ ގެއްލިގެން ނުވަތަ އާމްދަނިއަށް ނޭދެވޭ އަސަރު ކޮށްގެން ޖޮބް ސެންޓަރަށް ހުށަހަޅާފައިވެ އެވެ.