ads
އިންޑިއާ އާއި ރާއްޖެއާ ދެމެދު މުދާ އުފުލަން ފެށި، ކާގޯ ފެރީ--ފުޓޯ:ޓްވިޓާ
ރާއްޖެއާއި ދުބާއީއާ ދެމެދު ކާގޯ ފެރީގެ ހިދުމަތް ފަށައިފި
ރާއްޖެއާއި ދުބާއީއާ ދެމެދު މުދާ ގެނައުމުގެ ހިދުމަތް މޯލްޑިވްސް ސްޓޭޓް ޝިޕިން އިން ފަށައިފިއެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިންގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވީ ދުބާއީން މުދާ ގެނައުމަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އަދި ކޮންމެ 10 ދުވަހަކުން ދުބާއީ އާއި ރާއްޖެއާ ދެމެދު މުދާ ގެނެވޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާކަމަށެވެ.

ރާއްޖެއާއި ދުބާއީ ދެމެދު ފުލް ކޮންޓެއިނަރުގައި އަދި ކޮންޓެއިނަރު ނުފުރުނަސް މުދާ ގެނެސްދިނުމުގެ ހިދުމަތް ފަށާފައިވާ ކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިންއިން ބުނެއެވެ. އަދި މިކަން ކުރަނީ ދުބާއީގައި ހުންނަ މޯލްޑިވްސް ސްޓޭޓް ޝިޕިންގް އޭޖެންޓު މެދުވެރިކޮށްކަމަށް މައުލޫމާތު ދީފައިވެ އެވެ. މި ހިދުމަތް ފެށިގެން ދިޔުމަކީ ރާއްޖޭގެ ވިޔަފާރަވެރިންނަށް ލިބިގެނަދާ ފަހި ފުރުސަތެއްކަމަށް މޯލްޑިވަސް ސްޓޭޓް ޝިޕިންއިން ފާހަގަކުރެއެވެ.

މިހާރު މުދާ ގެނައުމުގެ ހިދުމަތް ދެމުން އަންނަނީ ސިންގަޕޫރު މެލޭޝިޔާ ކޮލަމްބޯ ދުބާއީ އަދި އިންޑިއާގެ ކޮޗިން އާއި ޓުޓިކޮރިނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް