ads
ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އެއްވެސް މީހެއްގެ އަތުން ފްލެޓް އަތުލިކަމެއް ނޭނގެ: މިނިސްޓަރު އަސްލަމް
އެއްވެސް މީހެއްގެ އަތުން ފްލެޓް އަތުލިކަން އެނގިވަޑައި ނުގަންނަވާކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަސްލަމް މިފަދައިން ވިދާޅުވެފައިވަނީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން ޝިޔާމް ކުރެއްވި ސުވާލުގައި ބުނެފައިވަނީ ހިޔާ ފްލެޓް ލިބުނު ބައެއް ފަރާތްތަކުގެ އަތުން ފްލެޓް އަތުލި ކަމުގެ ޝަކުވާ ނުވަތަ މިހާރު ޝަރުތު ހަމަނުވާކަމަށް ބުނާ ކަމުގެ ޝަކުވާ ބޮޑު ވެފައިވާ ކަމަށެވެ. 

އެކަން ސާފުކޮށްދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ އެއްވެސް މީހެއްގެ އަތުން ފްލެޓް އަތުލި ކަމުގެ މައުލޫމާތެއް ލިބިފައި ނެތްކަމަށެވެ. 

މިނިސްޓަރު އަސްލަމް ވިދާޅުވީ ފޯމްތަކުގައިވާ މައުލޫމާތުގެ ސައްހަކަން ބަލާނެ ކަަމަށް، ހިޔާ މަޝްރޫއުގެ ފްލެޓް ލިބުނު ކަމަށް މީހުންނަށް ދިން ލިއުމުގައި ވެސް ޖަހާފައި އޮންނާނެ ކަމަށެވެ. އަދި އޭރު މަކްސް ދީފައި ހުރީ އެމީހަކު ހުށަހެޅި މައުލޫމާތަކަށް ބެލުމަށްފަހު އެކަން ކަށަވަރު ނުކޮށްކަންވެސް ފާހަގަކޮށްފައިވެ އެވެ. އަދި ވިދާޅުވީ މައުލޫމާތު ތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. 

"މިހާރު ޕަބްލިޝްކުރެވިފައި ހުރި ލިސްޓްތަކުގައި ހުންނާނެ ކުރިން ލިބިފައި ހުރި މާކްސް، އިވެލުއޭޓްކުރެވުނީ ކޮން ކްރައިޓީރިއާއަކުން ކަމާއި މިހާރު މަދުވިއްޔާ، ތަފާތެއް، ފަރަގެއް އައިސްފައި ހުރިއްޔާ ފަރަގު އައީ ކޮންތާކުންކަން." މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

 

މީގެ އިތުރުން މިނިސްޓަރު އަސްލަމް ވިދާޅުވީ، ލިސްޓްތަަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، އަދި ގޯސްކޮށް އިވެލުއޭޓްކުރި ކަމަށް ވާނަމަ އެކަންވެސް ސާބިތުކޮށްދިނުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް