ads
އަބީޝޭކް ބަށްޗަން--
އަބީޝޭކް މިހާ މުސްކުޅިކޮށް ފެންނަނީ ކީއްވެގެންކަން އެނގޭތަ؟
ބޮލީވުޑްގެ މަސައްކަތްތައް ގިނަ ދުވަސްތަކަކަށް މެދުކެނޑިފައި އޮތުމަށްފަހު އަނެއްކާވެސް މިހާރު ފެށިގެން ކުރިއަށް ދާއިރު ބޮލީވުޑް ތަރިން ދަނީ އެކި ދިމަދިމާލުގައި ކުރިއަށް ހުރި ފިލްމްތަކުގެ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން މަޝްހޫރް ބަތޮލު އަބީޝޭކް ބައްޗަން ވެސް މިވަގުތު ހުރީ އޭނަގެ ކުރިއަށްއޮތް ފިލްމް " ބޮބް ބިސްވާސް"ގެ މަސައްކަތް ކުރުމަށްޓަކައި ކޮލްކަތާގައެވެ.

އެއާއިއެކު އަބީޝޭކްގެ ވަރަށް ތަފާތު ފޮޓޯތަކެއް މިފަހުން ވަނީ ސޯޝަލް މީޑިއާގައި އާންމު ވެފައެވެ. ޝޫޓިންގެ ތެރޭގައި އުޅެނިކޮށް މީހަކު ނަގާފައިވާ އެ ފޮޓޯ އިން ފެންނަ ގޮތުން ލޮކްޑައުންނަކަށް ފަހު އެތައް ދުވަހެއް ފަހު ގެއިން ނިކުމެ އާއްމުންގެ ކުރިމަށްޗަށް އަބީޝޭކް ނިކުންއިރު މިހާ ވަރަށް ބޮޑަށް ފަލަވެ ބަޑެއްވެސް ލާފައިވެއެވެ. އަދި މީހާ ފެންނަނީ ވެސް ވަރަށް މުސްކުޅިކޮށެވެ.

your imageއަބީޝޭކްގެ ބިސްވާސް ލުކް--

އެފޮޓޯ ސޯޝަލް މީޑިއާ ގައި ދައުރުވެ، އާއްމުން ދިޔައީ އެކި ގޮތްގޮަތަށް ކޮމެންޓްތައް ކުރަމުންނެވެ. ބައެއް މީހުން ބުނާ ގޮތުން ލޮކްޑައުންތެރޭ އަބަދު ގޭގައި ހުންނަންޖެހުމުގެ ސަބަބުން އަބީޝޭކަށް ހަށިގަނޑު އެއްވަރެއްގައި ހިފަހަށްޓާ ނުލެވި މާބޮޑަށް ފަލަވުމުން މުސްކުޅިކަމަށް ދަށްކަނީ އެވެ. 

އާއްމުންގެ ފާޑުކިޔުމާއި ޓްރޯލްތަކަށްފަހު އަބީޝޭކްވަނީ މީޑިއާއަކަށް ވަރަށް ފަހުން ދިން އިންޓަވިއެއެއްގައި އެ ފޮޓޯއިން އެހާ މުސްކުޅިކަމަށް ދަށްކާ ސަބަބު ކިޔައިދީފައެވެ. އަބީޝޭކް ބުނީ އެއީ މީހަކު އޭނަ މިހާރު ޝޫޓް ކުރަމުންދާ ފިލްމް "ބޮބް ބިސްވާސް"ގެ ސެޓްތެރެއިން ނަގާފައިވާ ފޮޓޯއެއް ކަަމަށެވެ. އޭނާގެ ހަށިގަނޑަށް ގެނެސްފައިވާ ބަދަލުތަކަކީ އެ ފިލްމު ކުޅުމަށް އޭނަ ގެނެސްފައިވާ ބަދަލުތަކެއް ކަމަށް އޭނަ ބުނެއެވެ. އަދި އެބަދަލު ގެނައުމަށް ވަރަށް މަސައްކަތް ކުރަން ޖެހުނުކަން ވެސް އަބީޝޭކް ވަނީ ފާހަގަކޮށްފައެވެ.  

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް