ads
ވެކްސިން
ކޮވިޑް ވެކްސިންގެ ވަގު ވިޔަފާރި ކުރަން އެބައުޅޭ، ސަމާލުވޭ: އިންޓަޕޯލް
ކޮވިޑް-19 ގެ ވެކްސިނުން ވަގު ވިޔަފާރި ކުރަން އުޅޭކަމަށް ބުނެ، އިންޓަޕޯލް އިން ހުރިހާ ގައުމުތަކަށް އެލާޓް ނެރެ، ސަމާލުވުމަށް އަންގައިފި އެވެ.

އިއްޔެ އިންޓަޕޯލް އިން ނެރުނު އޮރެންޖް އެލާޓްގައި އެ އިދާރާ އިން ވަނީ ކޮވިޑް-19 ވެކްސިން އާއި ފްލޫ ވެކްސިންގެ ނަމުގައި ބައެއް ފަރާތްތަކުން ވަގު ވިޔަފާރި ކުރުމާއި ވެކްސިން އިން ވައްކަން ކުރުމަށް ތައްޔާރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ގައުމުތަކަށް އަންގައިފަ އެވެ.

އޭގެ ތެރޭގައި ބައެއް ފަރާތްތަކުން އޮޅުވާލައިގެން ފޭކް ވެކްސިން ވިއްކުމާއި، ފޭކް ވެކްސިން އިޝްތިހާރުކުރުން ފަދަ ކަންތައްތައް ހިމެނޭ ކަމަށް އިންޓަޕޯލް އިން ބުނެއެވެ.

ކޮވިޑް-19 އާއި ދެކޮޅަށް ތައްޔާރުކޮށްފައިވާ ވެކްސިން ދިނުމުގެ ހުއްދަ އަށް ބައެއް ކުންފުނިތަކުން އެދިފައިވާ ދަނޑިވަޅެއްގައި، އޮޅުވާލައިގެން ވެކްސިންގެ ވިޔަފާރިކުރާ ފަރާތްތައް ދެނެގަނެ، ވެކްސިން ސަޕްލައި ކުރާ ފަރާތްތަކުގެ ރައްކާތެރިކަން ޔަގީންކުރުމުގެ މުހިއްމުކަން އިންޓަޕޯލް އިން ފާހަގަކޮށްފައިވެ އެވެ.

އެމެރިކާގެ ފައިޒާ ކުންފުންޏާއި، އާއި މޮޑާނާ ކުންފުނިން ފާއިތުވެދިޔަ ދުވަސްތަކުގައި ކާމިޔާބު ކަމާއިއެކު ވެކްސިން ޓެސްޓް ކޮށްފައިވާ އިރު، އެ ދެ ކުންފުނިން މިހާރު އަންނަނީ ވެކްސިން ދިނުމުގެ ހުއްދައަށް އެދެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް