ads
އެންޑީއޭ-- ފޮޓޯ: ސަން
އެންޑީއޭއަށް ސީއީއޯއެއް ހޯދަނީ
ނޭޝަނަލް ޑްރަގް އެޖެންސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު މަގާމަށް މުވައްޒަފަކު ހޯދަން އިއުލާންކޮށްފި އެވެ.

އެ އެޖެންސީން ކުރި އިއުލާނެއްގައި ބުނީ އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 14 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން އެ އެޖެންސީއަށް ވަޒީފާއަށް އެދި ހުށަހަޅަން ވާނެ ކަމަށެވެ. ވަޒީފާއަށް އެދޭ ސިޓީއާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ހުށަހެޅުމަސް ވަނީ އެދިފަ އެވެ. 

އެންޑީއޭ އިން ތިން ވަނަ ފަހަރަށް ސީއީއޯއެއް ހޯދަން އިއުލާންކުރިއިރު އެ މަގާމުގެ މުސާރައިގެ ގޮތުގައި މަހަކު 18,000 ރުފިޔާ އަދި ފޯނު އެލަވަންސްގެ ގޮތުގައި މަހަކު 1000 ރުފިޔާ ދޭން ވަނީ ކަނޑައަޅާފަ އެވެ. އޭގެ އިތުރުން ވެސް ލިވިން އެލަވަންސްގެ ގޮތުގައި 12,500 ރުފިޔާ ދޭނެ ކަމަށް ވަނީ ބުނެފަ އެވެ.  

އެ މަގާމަށް ކުރިމަތިލާ މީހުންގެ ތެރޭގައި ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ ހިއުމަން ރިސޯސް މެނޭޖްމަންޓް ނުވަތަ ސޯޝަލް ސައިންސަސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ނުވަތަ މާސްޓާސް ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު ހިންގުމުގެ ދާއިރާގައި  މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާން ޖެހެ އެވެ. އަދި ހިންގުމުގެ ދާއިރާ ނުވަތަ ސީނިއާ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން  ދިހަ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާން ޖެހެ އެވެ. 

އެ އިއުލާނުގައި ބުނީ ނެޝަނަލް ޑްރަގް އެޖެންސީގެ ޗީފް އެގްޒެކެޓިވް އޮފިސަރަކީ ނޭޝަނަލް ޑްރަގް އެޖެންސީގެ ބޯޑުގެ ލަފަޔާ އިރުޝާދުގެ މަތިން އެޖެންސީ ހިންގުމުގެ އެންމެ އިސްފަރާތް ކަމަށާއި އެ އެޖެންސީގެ ބޯޑުގެ ނިންމުންތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އަދާކުރާނީ ވެސް ސީއީއޯ ކަމަށެވެ. 

އެންމެ ފަހުން، އެމްޑީއޭގެ ސީއީއޯއަކަށް ހުންނެވީ ހަސަން ޝަހީލް އެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ 27 ގައި އޭނާ މަގާމުން އިސްތިއުފާ ދެއްވިއިރު އޭގެ ފަހުން އެތަނަށް ސީއީއޯއެއް ހަމަޖައްސާފައެއް ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް