"ޕަތީ ޕަތުނީ އޯރް ވޯ"ގެ ލަވަ "އަކިޔޮ ސެ ގޯލީ މާރޭ" ނެރެފި
21 ނޮވެންބަރ 2019 - 07:53:34
ބުޝަން ކުމާރާއި ޖޫނޯ ޗޯޕްޅާ ޕްރޮޑިއުސް ކުރާ ކުރީގެ ހިންދީ ފިލްމު "ޕަތީ ޕަތުނީ އޯރް ވާ" ގެ ލަވަ "އަކިޔޮ ސެ ގޯލީ މާރޭ" ނެރެފިއެވެ.
ބުޝަން ކުމާރާއި ޖޫނޯ ޗޯޕްޅާ ޕްރޮޑިއުސް ކުރާ ކުރީގެ ހިންދީ ފިލްމު "ޕަތީ ޕަތުނީ އޯރް ވާ"ގެ ލަވަ "އަކިޔޮ ސެ ގޯލީ މާރޭ" ނެރެފި އެވެ.
އިއްޔެ ނެރުނު މި ލަވަ ކިޔާފައިވަނީ ތުލްސީ އާއި މިކާ އަދި ތަނީޝް އެވެ. މިލަވައިން ފެނިގެންދަނީ ފިލްމުގައި ލީޑު ރޯލުން ފެނިގެންދާ ކާތިކް އާރިޔަން އާއި ބޫމީ ޕަޓްނޭކަރް އަދި އަނަންޔާ ޕާންޑޭއެވެ.
ގިނަ ބަޔަކަށް މި ލަވަ ކަމުގޮސްފައިވާއިރު ދެ މިލިއަނަށް ވުރެ ގިނަ މީހުން ވަނީ މި ލަވަ ބަލާފަ އެވެ.
މީގެ 40 އަހަރު ކުރިން ނިކުތް "ޕަތީ ޕަތުނީ އޯރް ވޯ"ގެ ލީޑު ތަރިންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ ސަންޖީވް ކުމާރާއި ވިދިޔާ ސިންހާ އަދި ރަންޖީތާ ކޯރު އެވެ. އަދި ރިޝީ ކަޕޫރު ވެސް މި ފިލްމުން ފެނިގެންދެ އެވެ.
"ޕަތީ ޕަތުނީ އޯރް ވޯ" އަކީ ފިރިއަކު އޭނާގެ ސެކްރެޓަރީއާ ކައިވެނީގެ ބޭރުން ހިންގާ ގުޅުމެއްގެ ސަބަބުން ދިމާވާ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ.
ރިމޭކްގައި ސަންޖީވްގެ ރޯލުން ފެންނާނީ ކާތިކް އެވެ. އަދި އޭނާގެ އަންހެނުން ވިދިޔާ ސިންހާގެ ރޯލުން ކުޅޭނީ ބޫމީ ފެނިގެންދާއިރު ސަންޖީވާ ސިއްރު ލޯބީގެ ގުޅުމެއް ބާއްވާ ސެކްރެޓަރީގެ ރޯލުން ފެނިގެންދާނީ އަނަންޔާ އެވެ.
މިފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަ ވަނަ ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް