ads
ޑރ. ޖަމީލް--
ހުދުމުހުތާރު ވެރިކަން މި ފެށުނީ: ޑރ. ޖަމީލް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ސިޔާސީ ހަރަކާތްތައް ހިންގަވަން މަސައްކަތްޕުޅު ކުރައްވަނީ އިދިކޮޅު ސިޔާސީ ފަރާތްތައް ކަސްތަޅު އަޅުވާފައި ކަމަށާއި، ހުދުމުހުތާރު ވެރިކަން މި ފެށުނީ ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލް މިހެން ވިދާޅުވީ، ލ. ގަމަށް ރައީސް ސޯލިހު އާއި ސަރުކާރުގެ ބައެއް އިސްވެރިން ކުރެއްވި ދަތުރުފުޅާއި ގުޅިގެން ފާޑުވިދާޅުވަމުންނެވެ. 

ދަތުރުކޮށް ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު އިދިކޮޅަށްވެސް އޮންނަންޖެހޭކަން ހާމަކުރައްވާ ޖަމީލް ވަނީ އޮޅުވާލައިގެން ކެމްޕެއިން ކުރުން ހުއްޓާލައްވަން ގޮވާލައްވާފަ އެވެ. އަދި މިއީ ހުދުމުހުތާރު ވެރިކަމުގެ ފެށުން ކަމަށް ވިދާޅުވަމުން ޖަމީލް ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމަށް އިޝާރާތް ކުރައްވާފަ އެވެ. އެގޮތުން ޖަމީލް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސިޔާސީ ހަރަކާތްތައް ހިންގަވަން އުޅުއްވަނީ އިދިކޮޅު ލީޑަރާއި ޕާޓީ ކަސްތޮޅު އެޅުވުމަށްފަހުގައި ކަމަށެވެ. 

ކޮވިޑާއި ގުޅިގެން އާންމު ދަތުރުފަތުރު ކުރުން މަނާކޮށްފައިވާ މި ދަނޑުވަޅުގައި ހާއްސަ ހުއްދައިގެން ދަށުން، ސަރުކާރުގެ އިސްވެރިން އެކި ބޭނުންތަކަށް އަތޮޅުތެރެއަށް ވަޑައިގަންނަވާ މައްސަލައަކީ އިދިކޮޅު ފަރާތްތަކުން މިހާރު އެންމެ ބޮޑަށް ކުރަމުން އަންނަ ޝަކުވާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް