ads
ކަނޑުގަދަ ދުވަހެއްގައި ފެރީއެއް ދަތުރުކުރަނީ-- ފޮޓޯ: ސީއެންއެމް
ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލާޓް ނެރެފި
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވައިޓް އެލާޓް އެ ސަރަހައްދަށް ނެރިފައިވަނީ 10:00 އިން 16:00 އަށެވެ. އެގޮތުން ގަޑިއަކު 19 މޭލާއި 24 މޭލު ބާރު މިނުގައި ވައިޖެހޭނެ ކަމަށާއި ގަދަ ވަޔާއެކު ކަނޑުތައް ގަދަވާނެކަމައް މެޓް އޮފީހުން މައުލޫމާތުދެ އެވެ.

މެޓުން ބުނީ މެދުރާއްޖެތެރެއާއި ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ ކަމަށާއި އަދި އުތުރުއަތޮޅުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. އަދި ރާޅުގެ އުސްމިން އުޅޭނީ ހަތަރު ފޫޓާއި ހަތް ފޫޓާ ދެމެދުގައި ކަމަށާއި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރަށްރަށަށް އުދައިގެ އަސަރުކުރާނެ ކަމަށް ވެސް މެޓުން ބުނެ އެވެ.

އެހެންވެ މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކުރެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް