ads
ވަރުން އާއި ސާރާ--
އިންސްޓަގްރާމުން ފޮޓޯއެއް ނަގަން ވަރުން ސާރާ ކައިރީ އެދިއްޖެ
ސާރާ އަލީ ހާން އާއި ވަރުން ދާވަންގެ ވާހަކަ މި ދުވަސްވަރު އެންމެ ގަދަޔަށް ދެކެވެމުން ދަނީ ދެ ތަރިން އެކުގައި މަސައްކަތްކުރި ފުރަތަމަ ފިލްމު، ކޫލީ ނަމްބަރު ވަންގެ ޕްރޮމޯޝަންތައް ކުރިއަށްދާތީ އެވެ.

އެ ޕްރޮމޯޝަންތަކުގެ ތެރެއިން ސާރާ މިވަނީ އާ ވާހަކަތަކެއް ވެސް ހިއްސާކޮށްފަ އެވެ. އެގޮތުން ލަވް އާޖް ކަލްގެ ތަރި ސާރާ ވަނީ ވަރުންގެ ފެޝަނާ ގުޅޭ ކަންކަމަށް ވަރަށް ތައުރީފްކޮށް ވާހަކަ ދައްކާފަ އެވެ. 

އޭގެ ތެރެއިން އޭނާ ބުނީ ސްޓޫޑަންޓް އޮފް ދަ އިޔާގެ ތަރި، ވަރުން ވަނީ ސާރާ، އިންސްޓަގްރާމު ކުރި ޕޯސްޓެއް ޑިލީޓްކުރަން އެދި ގުޅާފައި ކަމަށެވެ. އެ ފޮޓޯ ކަމުނުގޮސްގެން އެ ސޯޝަލް މީޑިއާ އިން ނަގަން ވަރުން އެދުމުން ހިތުގައި އުފެދޭ ސުވާލަކީ އެއީ ކޮން ފޮޓޯއެއްތޯ އެވެ. އެ ސުވާލުގެ ޖަވާބު ވެސް ސާރާ ދިނެވެ. 

އޭނާ ބުނީ އެއީ ކުދު ގަމީހަކާއެކު ޑެނިމް ސޯޓެއް ލައިގެން އޭނާ ނަގާފައިވާ ފޮޓޯއެއް ކަމަށެވެ. އޭގައި ސާރާ ހުރީ ނޫ ކުލައިގެ ލިޕްސްޓިކެއް ޖައްސައިގެންނެވެ. ކޮންމެއަކަސް ވަރުންނަށްޓަކައި ސާރާ އެ ފޮޓޯ ނެގީ އެވެ. 

ސާރާ އަދި ވަރުން ލީޑް ރޯލުން ފެނިގެންދާ ކޫލީ ނަމްބަރު ވަންއަކީ 1995 ވަނަ އަހަރު އޭރުގެ މަޝްހޫރު ފިލްމީ ތަރި ގޯވިންދާ އާއި ކަރިސްމާ ކަޕޫރް ހަމަ އެ ނަމުގައި ކުޅެފައިވާ ފިލްމުގެ ރީމޭކް އެކެވެ. 

27%
ކަމުގޮސްފި
45%
އަޑުއެހިތާ މިހުރީ
9%
ސަތޭކައަކުން ސުމެއް
18%
ވަރަށް ސަލާމް
ކޮމެންޓްސް