ads
ގައުމީ ގުރުއާން މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: ރައީސް އޮފީސް
ބައިވެރިންގެ އަދަދު ގިނަވެ، ގުރުއާން މުބާރާތުގެ ނަތީޖާ ފަސްކޮށްފި
ގުރްއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ގައުމީ މުބާރާތުގެ ފައިނަލް ބުރަށް ހޮވޭ ބައިވެރިންގެ ލިސްޓު އާންމުކުރުން ފަސްކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ގައުމީ މުބާރާތުގެ ފައިނަލް ބުރަށް ހޮވޭ ބައިވެރިންގެ ލިސްޓް އާންމުކުރަން ކުރިން ނިންމާފައި އޮތީ މިއަދު ކަމަށެވެ. އެކަމަކު ބައިވެރިންގެ އަދަދު ގިނަވުމުގެ ސަބަބން މިއަދަށް ފަނޑިޔާރުކަންކޮށް ނިމިފައި ނުވާތީ ފުރަތަމަ ބުރުގެ ނަތީޖާ އިއުލާންކުރުން މިހާރު ވަނީ މާދަމާ ހަވީރު 18:00 އަށް ލަސްކުރެވިފައި ކަމަށް މިނިސްޓްރީން ބުނެ އެވެ.

އަދި ފުރަތަމަ ބުރުގެ ނަތީޖާ ކީރިތި ގުރްއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ގައުމީ މުބާރާތުގެ ޕޯޓަލް އަދި މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް އިއުލާން ކުރެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ. 

ވާޗުއަލްކޮށް ކުރިއަށް ގެންދާ އެ މުބާރާތުގެ ފުރަތަމަ ބުރު މިދިޔަ މަހުގެ 16 ވަނަ ދުވަހު ފެށުނުއިރު ފުރަތަމަ ބުރުގެ ކިޔެވުން އޮތީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ދެވަނަ ބުރު ކުރިއަށް ދާނީ މިމަހުގެ 13 އިން ފެށިގެން 17 ވަނަ ދުވަހާ ހަމައަށެވެ.

އުމުރުން ހަތަރު އަހަރުން މަތީގެ ކުދިންނަށް ހުޅުވާލައިގެން ގައުމީ ގުރުއާން މުބާރާތް ކުރިއަށްދާއިރު އެ މުބާރާތަކީ އަށް އުމުރުފުރާއަށް ބަހާލައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. އެގޮތުން މުބާރާތުގައި ހިމެނޭ ދެ ކެޓަގަރީއަކީ ދިގު ރާގަށް ކިޔެވުމާއި ކުރު ރާގަށް ކިޔެވުމުގެ ކެޓަގަރީ އެވެ. އަދި ކިޔަވަ ބައި ދިހަ ފޮޅުވަތަށް ވުރެ ދިގުވާން ޖެހެ އެވެ.

އެ މުބާރާތް ވާޗުއަލްކޮށް ކުރިއަށް ގެންދަނީ ކޮވިޑާއި ގުޅިގެންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް