ދިވެހި ރާއްޖޭގައި ފޭސްބުކް މެދުވެރިކޮށް ރަހުމަތްރިންނާއި، ލޯބި ވެރިންނާއި، އަދި އާއިލާ މީހުންނާ ވެސް ދިމާވެއެވެ. ރާއްޖޭގެ 13 އަހަރުން ފެށިގެން 65 އަހަރުން މަތީގެ ވެސް ގިނަ ބަޔަކު ފޭސް ބުކް ބެނުންކުރެއެވެ.
ނަމަވެސް މިއަދު ފޭސްބުކް މިވަނީ ބިރުވެރި އެއްޗަކަށް ވާން ފަށާފައެވެ. ފޭސް ބުކް ބިރުވެރި ވަނީ ފޭކް އެކައުންޓުތަކުގައި ޖިންސު ވެސް އޮޅުވާލައިގެން މީހުންނަށް ހީލަތްހަދާ މަކަރު ހަދަމުން ގެންދަތީއެވެ.
މިފަދަ ހާދިސާތައް ދިމާވި ބައެއް މީހުން ވަނީ މި ހާދިސާތައް ކިޔާ ދީފައެވެ.