ads
މެމްބަރު އާދަމް ޝަރީފް އުމަރު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އިންސާފު ލިބުން ލަސްވާތީ މަޖިލީހަށް މައްސަލައެއް
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހިމެނިވަޑައިގަންނަވާ ގޮތަށް ރައްޔިތުންނަށް އިންސާފު ނުލިބި ދިގުދެމިގެންދާ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

އިއްޔެ ރައްޔިތުންގެ މަޖިލީހަށް އެ މައްސަލަ ހުށަހަޅުއްވާފައި ވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ. 

އެ މައްސަލައިގައި ބުނެފައި ވަނީ އަދުލުއިންސާފު ގާއިމުކުރުމަކީ މާތްވެގެންވާ އިސްލާމް ދީނާއި ރާއްޖޭގެ ޖުމުހޫރިއްޔާގެ ގާނޫނުއަސާސީން އިންތިހާއަށް ބާރުއަޅާ ކަމަކަށްވެފައި، އަދުލުއިންސާފު ގާއިމުކޮށް، ހައްގުތައް ރައްކާތެރިކޮށްދިނުމަކީ ދިވެހި ދައުލަތަށް ލާޒިމުކުރާ އަދި ދީމިގްރާތީ ވެރިކަމެއްގެ އެންމެ މުހިންމު އުންސުރުކަމުގައި ގަބޫލުކުރާ ކަމަށެވެ. 

އަދި އިންސާފު ލަސްވުމަކީ އިންސާފު ނުލިބުން ކަމަށް ގިނަ މުފައްކިރުން ދެކޭއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންސާފު ލިބުން ލަސްވުމާއި ޔާމީނަށް ނުހައްގު އަނިޔާތައް ލިބުމާއި އަދި އެމަނިކުފާނުގެ ހައްގުތައް ގެއްލެމުންދާ ކަމަށެވެ. 

އޭގެ އިތުރުން އަނިޔާވެރިގޮތެއްގައި މަރާލާފައިވާ ރ. މީދޫ ފެންފިޔާޒުގެ މުހައްމަދު އަނަސް އާއި ޑރ. އަފްރާޝީމް އަލީ އާއި ޔާމީން ރަޝީދާއި ގެއްލުވާލާފައިވާ ރިޝްވާން އަބްދުﷲ ގެ މަރުގެ މައްސަލަ ފަދަ އެތައް މައްސަލައަކަށް އިންސާފު ނުލިބި ލަސްވަމުންދާތީއާއި، އަދި އިންސާފު ލިބޭނެކަމުގެ ޔަގީންކަމެއް ވެސް ނެތި، އެތައް އާއިލާތަކެއް މާޔޫސްވެ، އުއްމީދު ގެއްލި، އަދި އެ އާއިލާތަކުގެ ހައްގުތައް ގެއްލެމުންދާތީ އިންސާފު ލިބުން ލަސްވަމުންދާ އެފަދަ މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދީ، ރާއްޖޭގެ ތަހުގީގު ކުރުމާއި ޝަރުއީ ނިޒާމުގެތެރެއަށް ނުފޫޒު ފޯރުވުމެއް ނެތި، އިންސާފު ލިބޭނެކަމުގެ އިތުބާރު ރައްޔިތުންނަށް ހޯދައި، އިންސާފު ގާއިމްކުރުން އަވަސްކުރެވޭނެ ގޮތްތަކެއް ހޯދުމަށް މައްސަލަ ހުށަހެޅިއިރު މިއަދު ހަވީރު އޮންނަ ޖަލްސާއަށް އެކަން ވަނީ އެޖެންޑާކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް