ads
މޯލްޑިވް ގޭސް އެމްޑީ؛ ޝަޒައިލް
މޯލްޑިވް ގޭހުގެ ކޮރަޕްޝަންގެ މައްސަލަ އޭސީސީއަށް
މޯލްޑިވް ގޭހުގެ ކޮރަޕްޝަން ގެ މައްސަލަ ތަހުގީގުކޮށް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓާޕްރައިސަސް ކޮމެޓީން އޭސީސީގައި އެދުމަށް ނިންމައިފި އެވެ.
Advertisement

އެސްއޯއީ އިން ބުނީ އެ މައްސަލަ ދެ މަސް ދުވަހުގެ ތެރޭގައި ނިންމައިދިނުމަށް އެދޭކަމަށާއި މައްސަލަ ނިންމުމަށް ފަހު އެ ކޮމެޓީއަށް ވީހާވެސް އަވަހަށް ފޮނުވައިދެއްވުމަށް ވެސް އެދިފައިވާ ކަމަށެވެ.

އެސްއޯއީ ކޮމެޓީން އެގޮތަށް ނިންމާފައިވަނީ މޯލްޑިވް ގޭހުގެ ކޮރަޕްޝަނުގެ މައްސަލަ އޭސީސީން ތަހުގީގު ކުރަމުންދިއުމުގައި މާބޮޑަށް ލަސްވަމުންދާތީ، އެކަމާ އެކޮމެޓީގެ މެމްބަރުން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެންނެވެ. އެ މައްސަލަ އެސްއޯއީ ކޮމިޓީން ބަލާތާ ވެސް މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

އެސްއޯއީ ކޮމިޓީން ވަނީ މައްސަލަ ނިންމައި ރިޕޯޓެއް އެކުލަވާލާފައެވެ. ރިޕޯޓުގައިވާ ގޮތުން އެންމެ ބޮޑު މައްސަލައަކީ އެ ކުންފުނިން ވިއްކަން ގެންނަ ގޭހުގެ އަގު ބޮޑުވުމުވެ. އެގޮތުން ކޮންމެ ޝިޕްމެންޓަކުން އެވްރެޖްކޮށް 45 - 60 ޕަސެންޓް ގޭސް ޑެލިވަރީ ކުރުމަށް ޕްރިމިއަމްގެ ގޮތުގައި ހިމަނާފައިވާއިރު 2016 އާއި 2017 ވަނަ އަހަރު މާކެޓުގައި ގޭހުގެ އަގު ދަށްވެފައިވާ ކަމަށް ވެ އެވެ. މޯލްޑިވް ގޭހުން ގޭސް ގަންނަ އަގު 65 - 99 ޕަސެންޓް ބޮޑުކޮށްފައިވާ ކަން ވަނީ ފާހަގަކޮށްފަ އެވެ. އޭގެ އިތުރުން ހަމަ އެއަހަރުގެ ތެރޭގައި ގޭހުގެ ޕްރިމިއަމް އަގު ކޮންމެ ޓަނަކަށް 250-285 ޑޮލަރުގައި ހުރިކަމަށް ރިޕޯޓްގައި ބުނެ އެވެ.

ރިޕޯޓުގައިވާ ގޮތުން މޯލްޑިވް ގޭހަށް ގޭސް ފޮނުވައިދޭ ކުންފުނިން ގޭސް ގަތުން ހުއްޓާލި ފަހުން ކޮންމެ ޝިޕްމަންޓަކުން 157 ޑޮލަރު އަގު ވަނީ ހެޔޮވެފައެވެ. އަދި 2017 ވަނަ އަހަރުން ފެށިގެން މޯލްޑިވް ގޭހުގެ ކޮންމެ ޝިޕްމަންޓަކަށް އެވްރެޖުކޮށް 130،000 ޑޮލަރު އިތުރުކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

ކޮރަޕްޝަންގެ މައްސަލައެއްގެ ތުހުމަތާ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމް ވަނީ ސަސްޕެންޑް ކޮށްފައެވެ. އެ ރިޕޯޓުގައިވާ ގޮތުން ޝަޒައިލް ވަނީ އެ ކުންފުނީގެ މަސައްކަތްތައް ބެލެހެއްޓުމުގައި އިހުމާލުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް