ads
މޯލްޑިވިއަންގެ ފްލައިޓެއް--- ފޮޓޯ: މޯލްޑިވިއަން
ޖެނުއަރީ މަހު މޯލްޑިއަނުން ކޮޗިންއަށް ހާއްސަ ފްލައިޓްތަކެއް ބާއްވަނީ
އަންނަ އަހަރުގެ ފުރަތަމަ ހަތަރު ދުވަހު ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނުން އިންޑިއާގެ ކޮޗިން އަށް ހާއްސަ ފްލައިޓުތަކެއް ބާއްވަން ނިންމައިފި އެވެ.

މޯލްޑިވިއަނުން ބުނީ ފްލައިޓްތައް ބާއްވަން ނިންމާފައި ވަނީ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ހަތަރު ވަނަ ދުވަހަށް ކަމަށެވެ. 

އެ ދަތުރުތައް ބާއްވަން ހަމަޖެހިފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާ ކޮޗިންއަށެވެ.

މޯލްޑިވިއަނުން ބުނި ގޮތުގައި އެ ދަތުރުތައް ފެށުމަށް މިހާރު ބުކިންއަށް ހުޅުވާލާފައިވާއިރު އެއްކޮޅު ޓިކެޓެއްގެ އަގަކީ 126 ޑޮލަރެވެ.

މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު ވެސް މޯލްޑިވިއަނުން ވަނީ ޗޮކިން އިން ރާއްޖެއަށް ދަތުރުތަކެއް ބާއްވާފަ އެވެ. 

ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން އިންޑިއާ އިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށާފައިވާ އިރު، އެ ގައުމުގެ ހަތަރު އެއާލައިނަކުން މިހާރުވެސް ރާއްޖެއަށް ދަތުރުކުރަމުންދެ އެވެ. އެއީ އިންޑިއާގެ "ގޯ އެއާ" އާއި، ސްޕައިސްޖެޓް އާއި، އިންޑިގޯގެ އިތުރުން އެއާ އިންޑިއާ އެވެ.

ބޯޑަރު ހުޅުވާލި ފަހުން ދެވަނަ އަށް އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އަންނަ ގައުމުގެ ގޮތުގައި ވެސް އޮތީ އިންޑިއާ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް