ads
ރައީސް ނަޝީދާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު--
މޫސުމީ ބަދަލުތަކާ ގުޅިގެން ކުރާ މަސައްކަތް ހަރުދަނާކުރަން މަޝްވަރާކޮށްފި
މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މަޝްވަރާކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވެވި އެ ބައްދަލުކުރެއްވުމާއި ގުޅިގެން މަޖިލީހުން ބުނީ މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ކުރަމުންދާ މަސައްކަތް ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) އާ ގުޅިގެން އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރެވިފައިވާ ކަމަށެވެ. 

ރާއްޖެއިން އަންނަނީ ބައިނަލްއަގްވާމީ މައިދާނުގައި ވެސް މޫސުމަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާއި ގުޅިގެން ވަކާލާތު ކުރަމުންނެވެ. 

މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނުރަނގަޅު އަސަރު ކުދި ޖަޒީރާ ގައުމުތަކަށް ކުރާ މިންވަރު ބޮޑުވެފައިވާއިރު މިފަހުން މަޖިލީހުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވެސް ވަނީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރެވޭނެ ފަދަ ގޮތަކަށް މަޝްރޫއުތައް ހިންގޭނެ ގޮތްތައް ރާއްޖެއިން ދުނިޔެއަށް ކިޔައިދެވޭނެ ކަމަށް ވިދާޅުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް