ads
ދީޕިކާ ޕަޑުކޯން--
ބިޒީކޮށް އުޅެވޭތީ ދީޕިކާ ވަރަށް ހިތްހަމަޖެހޭ
ދީޕިކާ ޕަޑުކޯން ލޮކްޑައުންގެ ދުވަސްތައް ހޭދަކުރީ ފިރިމީހާ ރަންވީރް ސިންގް އާއެކު އެވެ. ނިއު ނޯމަލްގެ ދުވަސްތައް އައުމާއެކު މިހާރު އެ ދެ މީހުން ވެސް އުޅެނީ މަސައްކަތުގަ އެވެ.

އެގޮތުން ދީޕިކާ ދަނީ އެއް ފަހަރާ ގިނަ ފިލްމުތަކެއްގެ މަސައްކަތް ކުރަމުންނެވެ. އަލުން މަސައްކަތް ފެށުމުން ވަރަށް ހިތްހަމަޖެހޭ ކަމަށް ދީޕިކާ ވަނީ ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބުނެފަ އެވެ. 

ދީޕިކާ ބުނީ އެއް ފަހަރާ ގިނަ ރަނގަޅު ފިލްމުތަކެއްގެ މަސައްކަތް ކުރެވޭތީ ހިތްހަމަޖެހެނީ މިކަމަކީ އޭނާ އެންމެ ކުރާ ހިތްވާ މަސައްކަތަށް ވާތީ ކަމަށެވެ. 

އޭނާ ބުނި ގޮތުގައި މިހާރު ވެސް އެއް ފަހަރާ ތިން ފިލްމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ހުއްޓުމެއް ނެތި މަސައްކަތް ކުރެވޭތީ ހިތްހަމަޖެހޭ ކަމަށް ދީޕިކާ ބުނެފައި ވެއެވެ. 

މިހާރު ދީޕިކާ ޝޫޓު ކުރަމުން ދަނީ ސިދާންތު، ޗަޓުރްވެދީ އަދި އަނަންޔާ ޕާންޑޭ ފެންނަ ފިލްމަކަށެވެ. ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަނުން އުފައްދާ މި ފިލްމުގެ ނަން ހާމަކޮށްފައެއް ނުވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް