ads
ޗައިނާ
ޗައިނާގެ އެކްސްޕޯޓަށް 21.1 އިންސައްތައިގެ ކުރިއެރުމެއް
މިދިޔަ މަހު ޗައިނާގެ އެކްސްޕޯޓް 21.1 އިންސައްތައިގެ ކުރިއެރުމެއް ހޯއިފައިވާކަމަށް ޗައިނާއިން ބުނެފިއެވެ.

ޗައިނާއިން ބުނީ މިއީ އޮކްޓޫބަރު މަހު އެކްސްޕޯޓް ކުރި 11.4 އިންސައްތައާ އަޅާބަލާއިރު 9.7 އިންސައްތައިގެ ކުރިއެރުން ކަމަށެވެ. އަދި ޗައިނާއިން އޮކްޓޯބަރު މަހު 60 ބިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓްކުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މިދިޔަ މަހު އެ ގައުމުން ވަނީ 75.42 ބިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓްކޮށްފައި ކަމަށާއި މިއާއެކު ނޮވެމްބަރު މަސް ވެގެންގޮސްފައި ވަނީ މިދިޔަ 20 މަސްދުވަހުގެ ތެރެއިން ޗައިނާއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކުރި މަހަސްކަމަށް ޗައިނާއިން ބުނެއެވެ. މިއީ މިދިޔަމަހު ޗައިނާގެ އެކްސްޕޯޓް އިން ކުރިން ލަފާކުރި 12 އިންސައްތައަށްވުރެ 9.1 އިންސައްތަ އިތުރު އަދަދެކެވެ.

ކޯވިޑްގެ ސަބަބުން ގައުމުތަކުގެ އިގްތިސާދު ހީނަރުވެ ޗައިނާއަކީ ހެޔޮ އަގެއްގައި މުދާ އެކްސްޕޯޓް ކުރާ ގައުމެއްކަމަށްވުމީ އެ ގައުމުގެ އިގްތިސާދަށް ކުރިއެރުމެއް ލިބުނު އެއް ސަބަބުކަމަށް ތަޖުރިބާކާރުން ބުނެއެވެ. އަދި އެ ގައުމުން މިދުވަސްވަރާއި ދިމާކޮށް މެޑިކަލް ސަޕްލައިސް އެކްސްޕޯޓްކުރާ މިންވަރު އިތުރުކޮށްފައިވުމަކީވެސް މިފަދަ ކުރިއެރުމެއް ހޯދި އެއް ސަބަބު ކަމަށް ތަޖުރިބާކާރުން ބުނެއެވެ. އެގޮތުން އޮކްޓޯބަރުމަހަކީ ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ޗައިނާގެ ކާރުހާނާތަކުގެ މަސައްކަތް އެންމެ ބާރު ދުވެލީގައި ކުރިއެރި މަސްކަމަށް ސަވޭތަކުން ދައްކަ އެވެ.

މިދިޔަ މަހު ޗައިނާގެ އިމްޕޯޓްގެ އަދަދު ވަނީ 4.5 އިންސައްތަ އިތުރުވެފައެވެ. މިއީ އޮކްޓޯބަރު މަހުގެ 4.7 އިންސައްތައިގެ ކުރިއެރުމަށްވުރެ 0.2 އިންސައްތަ ދަށް އަދަދެކެވެ. އެހެންނަމަވެސް އިމްޕޯޓްގެ އަދަދު ދަށްނުވެ ހިފަހައްޓާލެވުމަކީ ޗައިނާގެ އިގްތިސާދުގެ ވަރުގަދަކަން ހާމަކޮށްދޭކަމެއްކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

ކޮވިޑްގެ އެންމެ ފުރަތަމަ ފެނި ބަންދުކުރަންޖެހުނު އިގްތިސާދުކަމުގައިވާ ޗައިނާގެ އިގްތިސާދަކީ ކޮވިޑްގެ ހާލަތުން އަރައިގަތުމުގައިވެސް އެންމެ ކާމިޔާބު އިގްތިސާދެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް