ads
އެމްވީ ބޮންތި 2--- ފޮޓޯ: އެމްޕީއެލް
ބުރާސްފަތި ދުވަހު ކާގޯ ފެރީ އައްޑޫގައި ބަނދަރުކުރަނީ
އަންނަ ބުރާސްފަތި ދުވަހު ޓުޓިކޮރިން ރާއްޖެ އަންނަ ކާގޯ ފެރީ އައްޑޫ ސިޓީގައި ބަންދުކުރާނެ ކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ބުނެފި އެވެ.

މި ހަފްތާގެ ހޯމަ ދުވަހު ކާގޯ ފެރީ "އެމްވީ ބޮންތި 2" އިންޑިއާގެ ޓުޓިކޮރިން ރާއްޖެ އައުމަށް ފުރާފައިވާ އިރު، ބުރާސްފަތި ދުވަހުގެ ވަގުތެއްގައި އައްޑޫ ސިޓީގައި ބަނދަރު ކުރާނެ ކަމަށް އެމްއެސްއެސް އިން ބުނެއެވެ.

އިންޑިއާގެ ޓުޓިކޮރިން ރާއްޖޭގެ ދެކުނަށް އަންނަ ފުރަތަމަ ކާގޯ ފެރީގައި 2713.34 މެޓްރިކް ޓަނުގެ މުދާ ގެންނާނެ ކަމަށް އެމްއެސްއެސް އިން ވަނީ ބުނެފަ އެވެ.

ކޮންމެ 20 ދުވަހަކުން ދަތުރެއް "އެމްވީ ބޮންތި 2" ކާގޯ ފެރީ އިން ކުރުމަށް ހަމަޖެހިފައިވާ އިރު، މިއީ އިންޑިއާގެ ޓުޓިކޮރިން އާއި އައްޑޫ ސިޓީ އާއި ހުވަދޫ އަތޮޅު ގުޅާލުމުގެ ގޮތުން ބާއްވާ ކާގޯ ފެރީ އެއް ކަމަށް އެމްއެސްއެސް އިން ބުނެއެވެ.

މީގެ ކުރިން މި ބޯޓް އަންނަން ހަމަޖެހިފައިވަނީ މި މަހުގެ ހަވަނަ ދުވަހުގައި ކަމަށްވީ ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން ޓުޓިކޮރިންގެ ބަނދަރުން މުދާ އެރުވުމުގައި ދަތިތަކެއް ދިމާވެ، ދަތުރު ލަސްވީ ކަމަށް ބައެއް މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ވަނީ ވިދާޅުވެފަ އެވެ.

މި އަހަރު ރާއްޖޭގައި ކާގޯ ފެރީގެ ހިދުމަތް ފަށާފައިވާ އިރު، މި އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ކުޅުދުއްފުށި ސިޓީ އާއި އިންޑިއާގެ ކޮޗިން އާއި ދެމެދު ކާގޯފެރީގެ ހިދުމަތްތައް ފަށާފައިވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް