ކްރިތީ ކޮވިޑަށް ޕޮޒިޓިވްވެފައި މިވަނީ އޭނާގެ އަންނަ ފިލްމުގެ ޝޫޓިންއަށް ރާޖްކުމާރު ރާއޯ އާއި އެކު ޗަންދީގަރަށް ގޮސް އުޅެނިކޮށެވެ.
ކްރީތީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު ވަރުން ދަވަން އަދި ނީތޫ ކޮވިޑަށް ޕޮޒިޓިވްވިތާ އަދި މާގިނަ ދުވަސްތަކެއް ނުވެއެވެ.
އިންޑިއާގައި ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރެމުން އަންނަ އިރު ބޮލީވުޑްގެ ގިނަ ތަރިންތަކެއް ވެސް އަންނަނީ ކޮވިޑަށް ޕޮޒިޓިވް ވަމުންނެވެ. އޭގެ ތެރޭގައި ވަރުން ދަވަން، ނީތޫ ސިންގް ވެސް ހިމެނެއެވެ. ދާދި ފަހުން ބޮލީވުޑްްގެ މަޝްހޫރު ޑައިރެކްޓަރު ރާޖް މެހެތާ ވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.
ދެން އެންމެ އަވަހަށް ކްރިތީ ފެނިގެންދާނީ ފިލްމް "މީމި" އިން ސައި ތަމްހަންކަރު އަދި ޕަންކަޖް ތްރިޕާތިއާ އެކުއެވެ. އެފިލްމުން ކްރިތީ ފެނިގެން ދާނީ ސަރޮގޭޓް މަންމައެއް ގޮތުގައެވެ.