ads
ސުޝާންތާއި ސަންޖަނާ--
މިއަހަރު އެންމެ ގިނަ ބަޔަކު ސާޗުކުރި ފިލްމަކަށް ސުޝާންތުގެ ދިލް ބެޗާރާ!
މިއަހަރު އެންމެ ގިނަ ބަޔަކު ގޫގުލްކުރި ފިލްމަކަށް ސުޝާންތު ސިންގް ރާޖުޕުތުގެ "ދިލް ބެޗާރާ" ވެއްޖެ އެވެ.

އެ ފިލްމަކީ ސުޝާންތު މަރުވުމުގެ ކުރިން މަސައްކަތްކުރި އެންމެ ފަހު ފިލްމެވެ. އަދި ސަންޖަނާ ސަންގީ ބޮލީވުޑަށް ނިކުތް ފިލްމަކީ ވެސް ހަމަ އެއީ އެވެ. 

އެ ފިލްމުގައި ފެނިގެންދަނީ ސުޝާންތުގެ އިތުރުން އޭނާއާއެކު ފިލްމީ ދާއިރާއަށް ތައާރަފުވާ، ސަންޖަނާ ސަންގީއަކީ ވެސް ކެންސަރު ބައްޔަށް ފަރުވާ ހޯދާ ދެ މީހުންގެ ގޮތުގަ އެވެ. އެގޮތުން ކެންސަރު ބައްޔާއި ދެކޮޅަށް އެމީހުން ކުރި ހަނގުރާމަ އާއި ދެމީހުންގެ ލޯބި ފިލްމުގައި ދައްކުވައިދެ އެވެ. 

ފިލްމު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ނެރުނުއިރު ސުޝާންތުގެ ސަޕޯޓަރުންނަށްޓަކައި އެ ފިލްމު ހިލޭ ބެލޭނެ އިންތިޒާމު ހަމަޖައްސައިދިނެވެ. 

މުމްބާއީގައި ސުޝާންތު ދިރިއުޅޭ އެޕާޓްމަންޓްުގައި އޭނާ، ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނުނުއިރު، އެކަމުގެ ފަހަތުގައި ބަޔަކުވާ ކަމަށް ތުހުމަތު ކުރެވި ފުލުހުން ވެސް ދަނީ މައްސަލަ ތަހުގީގުކުރަމުންނެވެ. 

ސުޝާންތުގެ މަރާއެކު ބޮލީވުޑުން އެތައް މައްސަލައެއް ފެންމަތިވެގެންދިޔައިރު ތަރިންނާއި ގުޅޭ ޑްރަގްގެ މައްސަލައެއް ވެސް ހިލި، އަންނަނީ ތަހުގީގުކުރަމުންނެވެ. 

ހިޓު ފިލްމު، "ދޯނީ: ދަ އަންޓޯލްޑް ސްޓޯރީ" އިން ވެސް ފެނިގެންދިޔަ ސުޝާންތު، ދިލް ބެޗާރާއަށް ވުރެ ކުރިން މަސައްކަތްކުރީ ޝްރައްދާ ކަޕޫރާއެކު "ޗިޗޯރު" އިންނެވެ. އެއީ ވެސް ގިނަ ބައެއްގެ ތަރުހީބު ލިބުނު ފިލްމެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް