ads
ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
14 ދުވަސް ތެރޭ ޗައިނާ އަށް 15 މިލިއަން ޑޮލަރު ދައްކަންޖެހޭ: ރައީސް ނަޝީދު
ކުރިއަށް އޮތް 14 ދުވަސް ތެރޭގައި ރާއްޖެއިން ޗައިނާގެ ބޭންކްތަކަށް 15 މިލިއަން ޑޮލަރު ދައްކަންޖެހޭ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ޗައިނާގެ އެކި ބޭންކްތަކަށް ރާއްޖެއިން ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި 15 މިލިއަން ޑޮލަރު ދައްކަންޖެހޭ ކަމަށެވެ. 

ރައީސް ނަޝީދު ވިދާޅުވީ މި ބޭންކްތަކުން މިހާތަނަށްވެސް ރާއްޖެއަށް ދޫކޮށްފައިވާ ލޯންތަކާއި ގުޅޭގޮތުން ލުޔެއް ދީފައިނުވާ ކަމަށެވެ. އަދި ޗައިނާގެ ބޭންކްތަކަށް ދައްކަންޖެހޭ މި 15 މިލިއަން ޑޮލަރަކީ ކުރިއަށް އޮތް 14 ދުވަހު އާމްދަނީގެ ގޮތުގައި ރާއްޖެއަށް ލިބޭ އަދަދުގެ 50 އިންސައްތަ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. 

މީގެ ކުރިން އެކި ފަހަރު މަތިން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ ޗައިނާގެ އެކި ބޭންކްތަކަށް ރާއްޖެއިން ދައްކަންޖެހޭ ލޯންތައް ބޮޑުވެ އެ އަދަދު ނުދެއްކޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ މާމަގެ ގަހަނާ ވިއްކާލައިގެންވެސް އެ އަދަދުތައް ދެއްކެން ނެތް ކަމަށެވެ. 

މީގެ އިތުރުން ޗައިނާގެ ބޭންކްތަކަށް ދައްކަންޖެހޭ ލޯންތަކަށް ލުޔެއް ހޯދުމަށް ކަމާގުޅޭ އިދާރާތަކުން މަޝްވަރާކުރުމަށްވެސް ރައިސް ނަޝީދު އެދިވަޑައިގެންފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް