ads
ކޭޖީއެފް ޕޯސްޓަރު-
ކޭޖީއެފްގެ އެކްޝަން ސީންތަކަށް ބޮޑީ ޑަބަލް ގެންގުޅެން ސަންޖޭ ދަތު ދެކޮޅު ހަދައިފި
ބޮލީވުޑްގެ މަޝްހޫރު ތަރި ސަންޖޭ ދަތު އޭނާގެ ކުރިއަށް އޮތް ފިލްމް "ކޭޖީއެފް 2" ގައި ބޮޑީ ޑަބަލް އެއް ނުގެން ގުޅޭނެ ކަމަށް އޭނާ ބުނެފި އެވެ.

ކެންސަރުން ރަނގަޅުވިތާ އަދި މާގިނަ ދުވަހެއް ނުވަނީސް އެކްޝަން ސީންތައް ނުނެގުމަށް ސަންޖޭ ކިބައިން ޕްރޮޑިއުސަރުން އެދުނު ނަމަވެސް ސަންޖޭ ވަނީ އެކަމާ ދެކޮޅު ހަދައިފަ އެވެ.

ސަންޖޭ އާއި ގާތް މީހަކު މީޑިއާއަށް މައުލޫމާތު ދެމުން ބުނީ ސަންޖޭގެ ހާލު މިހާރު ރަނގަޅު ކަމަށާއި އޭނާ އަށް މިހާރު އެކްޝަން ސީންތައް އުދަނގުލަކާއި ނުލައި ނެގޭނެ ކަމަށެވެ. އަދި ކޭޖީއެފްގައި ސަންޖޭގެ އެކްޝަން ސީންތައް ނަގަމުންދާނީ ނޭޝަނަލް އެވޯޑް ހޯދައިފައިވާ މަޝްހޫރު ޑައިރެކްޓަރުން ކަމުގައިވާ އަނބޫ-އަރިވޫ ކަމަށެވެ.

ޕްރޮޑިއުސަރުން ސަންޖޭ ކައިރިން ބޮޑީ ޑަބަލް އަކާއި އެކީ ކުރިއަށް ދާން އެދުނީ ސަންޖޭ ކެންސަރުން ރަނގަޅުވި ނަމަވެސް ފިލްމުގެ ގިނަ އެކްޝަން ސީންތަކަކީ "ކޯލް މައިން" އެއްގެ ތެރޭގައި ނަގަން ޖެހޭ ބަޔަކަށްވެފަައި ވާތީ އޭގެން އޭނާ އަށް ލިބިދާނެ ގެއްލުމަކާއި މެދު ކަންބޮޑުވާތީ އެވެ. 

ނަމަވެސް ސަންޖޭ ވަނީ އެކަމާ ދެކޮޅުހަދައި ބޮޑާހާކައިފަ އެވެ. ކޭޖީއެފް ސިނަމާތަކަށް އަންނާނީ އަންނަ އަހަރު މެދުތެރޭގައި އެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް