ads
ކަރީނާ އާއި ސައިފް އަދި ތައިމޫރް--
ދެވަނަ ދަރިއަކަށް ކިޔާނެ ނަމެއް އަދި ކަރީނާ ނުނިންމާ
ސައިފް އަލީ ހާން އާއި ކަރީނާ ކަޕޫރުގެ ކައިވެންޏަށް ދެވަނަ ދަރިއަކު ލިބެން އުޅޭކަން އިއުލާންކޮށްފައިވާއިރު މި ދެތަރިންގެ ފުރަތަމަ ދަރި، ތައިމޫރަކީ ގިނަ ބައެއްގެ މެދުގައި މަގްބޫލު ކުއްޖެކެވެ. އެ ކުއްޖާ އުފަންވީއްސުރެ ޕަޕަރާޒީންގެ ލެންސުތައް އެ ކުއްޖާއަށް އަމާޒުވެގެންދިޔައިރު ތައިމޫރުގެ ނަން ދިނުމުން ވެސް އެތައް ފާޑުކިޔުމެއް އަމާޒުވި އެވެ.

މިފަހުން ދިން އިންޓަވިއުއެއްގައި ކަރީނާ މިވަނީ ތައިމޫރަށް ދިން ނަމާއެކު އެތައް ކަންތައްތަކެއް ހިނގާގޮސްފައިވާތީ ދެވަނަ ދަރިއަށް މާ އަވަސް އަރުވާލައިގެން ނަމެއްދޭން ބޭނުން ނުވާ ކަމަށް ބުނެފަ އެވެ. އެގޮތުން ކުއްޖާއަށް ނަމެއް ކިޔަން އަދި ނުވެސް ވިސްނާ ކަަމަށާއި ނަން ކިޔާނީ އެންމެ ފަހު ވަގުތު ކަމަށް ކަރީނާ ބުނެ އެވެ.

ކަރީނާ އާއި ސައިފް ކައިވެނިކޮށްފައި ވަނީ 2012 ވަނަ އަހަރުގެ ތެރޭގަ އެވެ. ކަރީނާއާ ކައިވެނިކުރުމުގެ ކުރިން ސައިފް ވަނީ އަމްރިތާ ސިންގްއާ ކައިވެނިކޮށްފަ އެވެ. އެ މީހުން ވަރިވީ 2004 ވަނަ އަހަރެވެ. އެ ކައިވެންޏަށް ވަނީ ސާރާ އާއި އިބްރާހީމް ލިބިފަ އެވެ. އެ ދެކުދިން ވެސް ތައިމޫރާ ގާތް ގުޅުމެއް ބާއްވަމުންދާ މަންޒަރު ފެނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް