ads
ޖަޔާ--
ޖަޔާ އަނެއްކާ ވެސް ފޮޓޯ ނެގުމުން ރުޅިގަދަވެއްޖެ
ބޮލީވުޑުގެ މަޝްހޫރު އެކްޓަރު އަމީތާބު ބައްޗަންގެ އަންހެނުން އަދި އެކްޓަރެސް ޖަޔާ ބައްޗަންގެ ފޮޓޯ ނެގުމުން ރުޅިގަދަ ވެއްޖެ އެވެ.
ބޮލީވުޑުގެ މަޝްހޫރު އެކްޓަރު އަމީތާބު ބައްޗަންގެ އަންހެނުން އަދި އެކްޓަރެސް ޖަޔާ ބައްޗަންގެ ފޮޓޯ ނެގުމުން ރުޅިގަދަ ވެއްޖެ އެވެ.

ޖަޔާ އަކީ އަބަދުވެސް ރުޅިގަދަ މީހެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. ސަބަބެއް ވެސް ނެތިއެއް ނޫނެވެ. ޖަޔާ ވަނީ އެތައް ފަހަރަކު އޭނާގެ ހުއްދައާ ނުލާ ފޮޓޯ ނެގުމުގެ ސަބަބުން ޕަޕަރާޒީން ދިމާއަށް ރުޅިވެރިކޮށް ވާހަކަ ދައްކާފަ އެވެ.

އެގޮތުން ދާދި ފަހުން ވެސް މި ވަނީ އެފަދަ ހާދިސާއެއް ހިނގާފަ އެވެ. ދާދި ފަހުން ޑިޒައިނާ މަނީޝް މަލްހޯތުރާގެ ބައްޕަ މަރުވުމާ ގުޅިގެން ޖަޔާ ވަނީ އޭނާގެ އަންހެން ދަރިފުޅު ޝުވެތަ ބައްޗަނާއެކު އެ ގެއަށް ގޮސްފަ އެވެ.

ޖަޔާ އެ ގެއިން ނިކުތްއިރު އެގޭގެ ބޭރުގައި ގިނަ ޕަޕަރާޒީން ފޮޓޯ ނަގަމުން ދިޔައިރު އެކަމާ ގުޅިގެން ޖަޔާ ވަނީ އެމީހުންގެ އެއްވެސް ގޮތެއް ނެތް ކަމަށާއި ވަގުތާއި ހާލަތާ މެދު ނުވިސްނާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން އެފަދަ ހާދިސާއެއް އެމީހުންގެ ގޭގައި ދިމާވެގެން އުޅޭއިރު އެމީހުން އުޅޭ ގޮތް ބަލާލަން އޭނާ ބޭނުންވާ ކަމަށް ވެސް ޖަޔާ ވަނީ ބުނެފަ އެވެ. އެހެން ބުނުމަށް ފަހު ޖަޔާ ވަނީ އެތަނުން ގޮސްފަ އެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން އަނެއްކާ ވެސް ޖަޔާ އަށް މިވަނީ އަމާޒުވެފަ އެވެ.

ޖަޔާ ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި "ކަބި ހުޝި ކަބި ގަމް" އާއި "ކަލް ހޯ ނަހޯ" އާއި "ޝޯލޭ" އާއި "ބަންސީ ބިރްޖޫ" އާއި "އެކް ނަޒަރް" އާއި "ޒަންޖީރް" އަދި "ސިލްސިލާ" ހިމެނެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް