ads
އޭއީއެޗްގެ އިސްވެރިންނާއި އައްޑޫ ސިޓީ ކައުންސިލްގެ ބައެއް ބޭފުޅުންނާއި އެކު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން--- ފޮޓޯ: ރައީސް އޮފީސް
އަމާޒަކީ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުން: ނައިބު ރައީސް
ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ދިމާވެފައިވާ އެކި މައްސަލަތަކަށް ހައްލު ހޯދައިދިނުން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
Advertisement

މިއަދު އައްޑޫ ސިޓީގެ ހިތަދޫ އަށް ވަޑައިގަންނަވައި، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ އިސްވެރިންނާއި އައްޑޫ ސިޓީ ކައުންސިލްގެ ބައެއް ބޭފުޅުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ނައިބު ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ދިމާވެފައިވާ އެކި މައްސަލަތަކަށް ހައްލު ހޯދައިދިނުން ކަމަށާއި، އެ މަސައްކަތްތަކުގައި ސަރުކާރުން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ނައިބު ރައީސް ވަނީ އަރުއްވައިފަ އެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި ސަރުކާރުންވެސް އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ރާއްޖޭގެ އެކި އަތޮޅުތަކާއި ރަށްތަކުގައި ދެމުންދާ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އެ ދާއިރާ ތަރައްގީ ކުރެއްވުމަށް ކަމަށެވެ.

އޭއީއެޗުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ކުރިމަތިވެފައިވާ ބައެއް ދަތިތައް ފާހަގަކުރައްވައި، އެ މަނިކުފާނު ވިދާޅުވީ އެ ކަންތައްތައް ހައްލު ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ރާއްޖޭގެ ހުރިހާ އަތޮޅުތަކުން ވެސް ފަސޭހަކަމާއި އެކު ބޭސް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް އެސްޓީއޯ މެދުވެރިކޮށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ ސިއްހީ ދާއިރާ އިތުރަށް ތަރައްގީ ކުރުމުގެ ބޭނުމަކީ ރާއްޖޭގެ ހުރިހާ ސަރަޙައްދަކުން ވެސް ފެންވަރު ރަނގަޅު ސިއްހީ ފަރުވާ ހޯދޭނެ އިންތިޒާމުތައް ހަމަޖެއްސުން ކަމަށެވެ.

އޭއީއެޗް ޓާޝަރީ ހޮސްޕިޓަލެއްގެ ފެންވަރަކަށް ތަރައްގީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫއަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ އެ ތަނުގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ހިދުމަތްތައް ގާއިމު ކުރުމުގެ މުހިންމުކަން ފާހަގަކުރައްވައިފަ އެވެ. 

މި ބައްދަލު ކުރެއްވުމުގައި އޭއީއެޗްގެ އިސްވެރިން ވަނީ އެ ތަނަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ހޯދުމުގެ އިތުރުން އެ ސަރަހައްދުގެ ރައްޔިތުންނަށް ބޭނުންވާ ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އެ ތަނަށް ޖާގައިގެ ގޮތުން ކުރިމަތިވެފައިވާ ދަތިތައް ފާހަގަކުރައްވައި، އެ ތަނުގެ ހިންގުން ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭ ގޮތުން ނައިބު ރައީސާއި މަޝްވަރާ ކުރައްވައިފަ އެވެ.

އެއް ދުވަހުގެ މުއްދަތަކަށް ނައިބު ރައީސް ރާއްޖޭގެ ދެކުނަށް ކުރައްވާ ދަތުރުފުޅުގައި އައްޑޫ ސިޓީގެ ހިތަދޫ އާއި މަރަދޫ-ފޭދޫ އަށް ވަޑައިގަތުމުގެ އިތުރުން ފުވައްމުލަކަށް ވަޑައިގަތުމަށްވެސް ހަމަޖެހިފައިވާ ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް