ads
ސަލަފް ޖަމިއްޔާއަށް ފިޔަވަޅު އެޅުމަށް ނިންމައިފި
ސަލަފް ޖަމާއަތައް ފިޔަވަޅު އެޅުމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން އެކުލަވާލި ސަބް ކޮމެޓީން ނިންމާފައިވާކަމަށް މައުލޫމާތު ލިބިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
Advertisement
ސަލަފް ޖަމާއަތައް ފިޔަވަޅު އެޅުމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން އެކުލަވާލި ސަބް ކޮމެޓީން ނިންމާފައިވާކަމަށް މައުލޫމާތު ލިބިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ވިދާޅުވީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމެޓީން އެކުލަވާލި ޑރ. އަފްރާޝީމް އަލީގެ މަރުގެ ރިޕޯޓުގައި ސަލަފް ޖަމިއްޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ޖަމިއްޔާއަށް ކަމަށް ބެލެވޭކަމަށެވެ.

ރައީސް ނަޝީދު މިވާހަކަ ފުޅު ވިދާޅުވާން ފެއްޓެވުމުން ނައިފަރު ދާއިރާގެ ޕީޕީއެމްގެ މަޖިލިސް މެންބަރު އަޙްމަދު ޝިޔާމް ނިޒާމީ ނުކުތާއެއް ނެންގެވިއެވެ.

"އެނގި ވަޑައިގަންވާނެ ރާއްޖޭގައި އެންމެ ފުރަތަަމަ އިސްލާމިކް މިނިސްޓްރީއެއް އުފެއްދީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ވެރިކަމުގައި. ކަން ދިމާކުރިގޮތުން އޭރު ވެރިކަމުގައި ހުރީ އަޅުގަނޑު. އަދި އެ ޖަމިއްޔާ ރެޖިސްޓާ ކޮށްދިނީ ވެސް މި ވެރިކަމުގައި،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އޭރު އެ ޖަމިއްޔާއަށް ހުއްދަ ނުދިންނަމަ އެ ޖަމިއްޔާ 'އަންޑަގްރައުންޑަށް' ދިޔައީސް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އަދިވެސް އެ ޖަމިއްޔާމެދު ފިޔަވަޅު އަޅައިފިނިމަ 'އަޑިއަށް ގޮސްދާނެ' ކަމަށެވެ.


މަރުތަކާބެހޭ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ބުނެގައިވަނީ ޑރ އަފްރާޝީމް އަވަހާރަކޮށްލުމަކީ ދީނީ ޢިލްމުވެރިން ކުރިކަމެއް ނޫން ނަމަވެސް އެކަން ކުރީ" ދީނުގެ ނަމުގައި މީހުން މެރުމުގެ ވިސްނުން ހުރީ ޖަމާއަތަކުން " ކުރިކަމެއް ކަމަށެވެ.

ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމަށް ރޭވި ޖިހާދީ ފިކުރުގެ ޖަމާއަތް، ހިންގަނީ މާލެ ދަފްތަރު 471 މުހައްމަދު މަޒީދު އާއި ތ. އޮމަދޫ، ސާމިތު މުހައްމަދު ކަމަށް މަރުގެ މައްސަލަތައް ބެލުމަށް އުފެއްދެވި ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައިވެއެވެ.


އަފްރާޝީމް އަވަހާރަކޮށްލުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ ހ. ހިލްޓަން އަޒްލިފް ރައުފެވެ. މަރު ކޮމިޝަނުގެ ރިޕޯޓުގައިވާ ގޮތުގައި އަފްރާޝީމަށް ހަމަލާ ދިނީ ހުސައިން ހުމާމާއި ދައުވާ ލިބި ކުށް ސާބިތު ނުވި އަލީ ޝާންގެ އިތުރުން އޭރު އުމުރުން 18 އަހަރު ނުވާ ކުއްޖެކެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް