އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއުއަކީ 15.9 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ. އެގޮތުން މި މަޝްރޫއުއަށް އިންޑިއާ ސަރުކާރުން ވަނީ 7.9 މިލިއަން ރުފިޔާގެ ހިލޭ އެހީއެއް ފޯރުކޮށްދީފަ އެވެ. ދައުލަތުގެ ބަޖެޓުން މި މަޝްރޫއަށް ހޭދަކުރުމަށް ނިންމާފައި ވަނީ 7.1 މިލިއަން ރުފިޔާއެވެ.
މި ޕްރޮޖެކްޓް ހަވާލުކޮށްފައި ވަނީ ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. އެގޮތުން މަސައްކަތް ނިންމުމަށް ދީފައި ވަނީ 180 ދުވަހުގެ މުއްދަތެކެވެ.