ރަންވީރުގެ ކެރިއަރަށް 10 އަހަރު ފުރިފައި ވާއިރު، ކުރިއަށް ވެސް ފާހަގަކުރެވޭ ބޮޑެތި ފިލްމުތަކެއް އެބަ ހުއްޓެވެ.
އޭގެ ތެރޭގައި ސްޕޯޓްސް ޑްރާމާއަކާއި، ރޯހިތު ޝެޓީ އަދި ޖާއިޝްބާއީ ޖޮރްދާރް އާއެކު އިހު ޒަމާން ދައްކުވައިދޭ ފިލްމެއް ހިމެނެ އެވެ.
އެންމެ ފާހަގަކުރެވެނީ އެކްޓްރެސް އާލިއާ ބަޓް އާއެކު ކުރިއަށް އޮތް ރޮމޭންޓިކް ފިލްމެވެ. ކަރަން ޖޯހަރް އުފައްދާ މި ފިލްމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފަށާނެ އެވެ.
ކަރަންގެ ޓީމާއެކު 25 ދުވަހުގެ ވޯކްޝޮޕަކަށް ފަހު އެ ފިލްމުގެ މަސައްކަތް ރަންވީރު ފަށާނެ އެވެ. އާލިއާ ވެސް އެ ފިލްމުގެ މަސައްކަތް ފަށާނީ "ގަންގުބައި ކަތިއަވަޑީ" ގެ މަސައްކަތް ނިމުމުންނެވެ.
ރަންވީރް އާއި އާލިއާ މީގެ ކުރިން ކުޅުނު ރޮމޭންޓިކް ފިލްމެއް ވެސް ބޮލީވުޑުގައި ހިޓުވެފައި ވެއެވެ. އެއީ 2019 ވަނަ އަހަރު ނެރުނު "ގަލީ ބޯއީ" އެވެ.