ads
މަސްވެރިންގެ ފޯރަމް 2020--- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
އިންޑިއާ ކަނޑުން މަސްބޭނޭނެ ކޯޓާއެއް ކަނޑައަޅަނީ
އިންޑިއާ ކަނޑުން ކަނޑު މަސް ބޭނޭނެ ކޯޓާއެއް ކަނޑައެޅުމުގެ މަޝްވަރާތަކާއި ގުޅޭ ގޮތުން މަޝްވަރާކުރުމަށް ފިޝަރީޒް މިނިސްޓްރީން ސެޝަނެއް ބާއްވައިފި އެވެ.

ޒޫމް މެދުވެރިކޮށް މިއަދު ކުރިއަށް ގެންދިޔަ ސެޝަންގައި ފިޝަރީޒް މިނިސްޓްރީން ވަނީ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) ގައި ކުރިއަށްދާ މަޝްވަރާތަކުގެ މައުލޫމާތު މަސްވެރިންނާއި އެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަރުވައިފައެވެ.

މި ސެޝަންގައި އިންޑިއާ ކަނޑުގެ ކަނޑުމަހާއި ކަނޑުމަހުގެ ބާވަތްތައް ދެމެހެއްޓެނެވި ގޮތެއްގައި ބެލެހެއްޓުމަށް އައިއޯޓީސީގެ މެންބަރު ގައުމުތަކުން އިންޑިއާ ކަނޑުގެ ކަނޑުމަހުގެ މަސްވެރިކަމުގައި މަސް ބޭނޭނެ ވަކި މިންވަރެއް ކަނޑައެޅުމާއި، އެ ކޯޓާ ގައުމުތަކުގެ މެދުގައި ބަހަން އެއްބަސްވި ސަބަބުތަކާއި، ރާއްޖެއިން އައްސޭރިފަށުގެ ގައުމުތަކާއި ގުޅިގެން އެ މަސައްކަތުގައި އިސް ދައުރެއް އަދާކުރާ ސަބަބުތަކާއި ބެހޭގޮތުން މަޝްވަރާކުރެވުނެވެ.

އެގޮތުން އިންޑިއާ ކަނޑުގެ ކަނޑުމަހުގެ މަސްވެރިކަމަށް އެންމެ ބޮޑަށް ބަރޯސާވެފައިވާ އެއް ގައުމަކީ ރާއްޖެ ކަމަށްވާ އިރު، ކޮންމެ ގައުމަކަށް ބޭނޭނެ ކޯޓާ ކަނޑައެޅުމުގައި ރާއްޖޭގެ އިގްތިސާދަށާއި، މަސްވެރިކަމުން ވަޒީފާގެ ފުރުސަތުތައް ހުރި މިންވަރަށާއި، މަސްވެރި އާއިލާތަކަށް ކުރާ އަސަރު ވީހާވެސް ކުޑަވާނެ ގޮތަކަށް މިކަމުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ މުހިންމުކަމުގެ މައްޗަށް މި ސެޝަނުގައި އަލިއަޅުވާލާފައިވެއެވެ.

މި މަޝްވަރާތައް ދިގުލައިގެންދާ ކޮންމެ ދުވަހަކީ ތަރައްގީ ވެފައިވާ ގައުމުތަކުން ބޮޑުދަލުގެ މަސްވެރިކަން އިތުރަށް ފުޅާކުރަން ފުރުސަތު ލިބި، ކަނޑުމަހުގެ ސްޓޮކް ހީނަރުވުމަށް މަގުފަހިވެގެން ދާނެ ދުވަހެއްކަމަށާއި، ނަތީޖާގެ ގޮތުން އިންޑިއާ ކަނޑުގެ މަސްވެރިކަމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭ މަސްވެރިކަމެއް ނޫންގޮތަށް ލޭބަލް ކުރެވި، އިންޑިއާ ކަނޑުން ބާނާ މަސް ބޭރުގެ ބާޒާރުތަކުން ބަލައިނުގެންފިނަމަ، އެކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިންނާއި އިގްތިސާދަށް ފޫނުބެއްދޭވަރުގެ ގެއްލުން ލިބިގެންދާނެ ކަމަށް ވެސް މިސެޝަންގައި ފާހަގަކޮށްފައިވެ އެވެ.

އިންޑިއާ ކަނޑުން މަސްވެރިކަންކުރާ ގައުމުތަކުގެ މެދުގައި ކަނޑު މަސް ބޭނޭނެ ކޯޓާ ކަނޑައެޅުމާއި ބެހޭ ގޮތުން މަޝްވަރާކުރަމުންދާ އިރު، އެ މަޝްވަރާތަކަށް ދެ ހުށަހެޅުމެއް އައިއޯޓީސީ އަށް ހުށަހަޅާފައި ވެއެވެ. އެގޮތުން، 10 ގައުމެއްގެ ތާއީދާއި އެކު ރާއްޖެއިން އިސްނަގައިގެން ކުދި ޖަޒީރާ ގައުމުތަކާއި އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކަށް އިންސާފުވެރިކޮށް ކޯޓާ ބަހާނެ އުސޫލެއް ހުށަހަޅާފައިވާ އިރު، ދެވަނަ ހުށަހެޅުން ހުށަހަޅާފައިވަނީ ވިލާތުގެ އިއްތިހާދުންނެވެ.

31 މެމްބަރު ގައުމު ހިމެނޭ އައިއޯޓީސީގެ ފުރިހަމަ މެމްބަރަކަށް ރާއްޖެ ވެފައިވަނީ 2011 ވަނަ އަހަރުގެ ޖުލައިގެ 13 ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް