76 މެންބަރުން ވާހަކަދެއްކެވުމަށްފަހު ބަޖެޓު ބަހުސް ނިންމާލައިފި
19 ނޮވެންބަރ 2019 - 17:07:43
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 37.5 ބިލިއަން ރުފިޔާގެ ބަޖެޓަށް ބަހުސްކުރުން ނިންމާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ގޮތުގައި ބަޖެޓް ބަހުސް ނިމުނުއިރު 76 މެމްބަރަކު އެ އަށް ވާހަކަ ދެއްކެވިއެވެ. ބަޖެޓާ ގުޅޭގޮތުން ވާހަކަ ނުދައްކަވަނީ ހަތް މެމްބަރުން ކަމަށްވާއިރު އޭގެތެރެއިން ދެ މެމްބަރުން ތިއްބެވީ ރަސްމީ ދަތުރެއް ގައި ރާއްޖޭން ބޭރުގައި ކަމަށް ނަޝީދު ވިދާޅުވިއެވެ.
މަޖިލީހުގެ މި ދައުރު ނިމުމުގެ ކުރިން ބަޖެޓް ފާސްކުރަން ޖެހޭ ކަމަށް ގަވައިދު ބުނާއިރު އަންނަ މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް ބަޖެޓުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ރިޔާސަތުން ވިދާޅުވިއެވެ.
އަންނަ އަހަރުގެ ބަޖެޓް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފަައި ވަނީ، ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވާ އެކްޝަން ޕްލޭންގައިވާ މައިގަނޑު ފަސް ކަމެއް ހާސިލް ކުރުމަށެވެ. މި ބަޖެޓްގެ މައިގަނޑު ޚަރަދުތައް ބެހިފައި ވަނީ އަށް ކަމަކަށެވެ.
މި އަހަރުގެ ބަޖެޓަކީ 5.6 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ. އާމްދަނީގެ 29.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާއިރު އަންނަ އަހަރުގެ ބަޖެޓުގައި 35.6 ބިލިއަން ރުފިޔާއަކީ ޖުމްލަ ހަރަދެވެ.
އަންނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީ ބަހާލައިފައި ވަނީ މައިގަނޑު ފަސް ދާއިރާއަކަށެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ލިބެނީ ޓެކްސްގެ ގޮތުގަ އެވެ. އެއީ 17.8 ބިލިއަން ރުފިޔާ އެވެ. މީގެ އިތުރުން އާމްދަނީގެ ތެރޭގައި ހިމެނެނީ ޓެކްސް ނޫން އެހެން ގޮތްގޮތުން ލިބޭ 6.8 ބިލިއަން ރުފިޔާ އާއި ހިލޭ އެހީ އާއި އެހެނިހެން ގޮތްގޮތުން ލިބޭ 5.2 ބިލިއަން ރުފިޔާ އެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ރިކަރަންޓު ހަރަދުގެ ގޮތުގައި 22.2 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް ލަފާ ކޮށްފައިވެއެވެ. އެއީ ޖުމްލަ ހަރަދުގެ 59 ޕަސެންޓެވެ. އަންނަ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީއަށް 10 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު ކެޕިޓަލް ހަރަދުތަކަށް 5 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް