ads
ސަޓާ އެވާޑްސް:-
މިފަހަރުގެ ސާޓާ އެވޯޑްސް ވާޗުއަލްކޮށް!
ދެކުނު އޭޝިއާގެ ގައުމުތަކަށް ބާއްވާ ޓްރެވަލް އެވޯޑްސް ކަމަށްވާ ސަޓާގެ އެވޯޑް ރަސްމިއްޔާތު މި އަހަރު ވާޗުއަލްކޮށް ބާއްވަން ނިންމައިފި އެވެ.

ސަޓާ އެވޯޑް އިންތިޒާމް ކުރާ ފަރާތުން މައުލޫމާތުދޭ ގޮތުގައި މިފަހަރުގެ ރަސްމިއްޔާތު ވާޗުއަލްކޮށް ބާއްވަން ނިންމާފައިވަނީ ކޮވިޑް-19 ގެ ސަބަބުން ބައިނަލްއަގުވާމީ ދަތުރުފަތުރު ކުރުމުގައި ދަތިތަކެއް ހުރުމުން ކަމަށް ވާތީއެވެ.

ފަސްވަނަ ފަހަރަށް ބާއްވާ ސަޓާ އެވޯޑަށް ކުރިމަތިލާފައިވާ ގައުމުތަކަކީ ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، ސްރީލަންކާ، ބޫޓާން، އިންޑިއާ، އަދި ނޭޕާލުގެ ފަތުުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުންނެވެ.

ކޮންމެ އަހަރަކުވެސް ކުރީކޮޅު މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލާ އިރު، މިފަހަރުގެ އެވޯޑަށް 52 ކެޓަގަރީ އަކުން އެއްހާސް ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް ސާޓާ އިން މައުލޫމާތުދެ އެވެ. ކޮންމެ ފަރާތަކަށްވެސް މި އެވޯޑަށް ކުރިމަތިލެވޭނީ މަދުވެގެން ތިން ކެޓަގަރީންނެވެ.

މި އެވޯޑްތަކަށް ކުރިމަތިލާ ފަރާތްތައް ހޮވަނީ ދާއިރާގެ ބައިނަލްއަގުވާމީ މާހިރުންގެ ޕެނަލަކުންނާއި އޮންލައިން ވޯޓުންނެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާގެ ބައިނަލްއަގުވާމީ މާހިރުން ހިމެނޭ ފަނޑިޔާރުންގެ ޕެނަލުން އެވޯޑަށް ކުރިމަތިލާ ފަރާތަށް 60 އިންސައްތަ މާކްސްދޭ އިރު، ބާކީ 40 އިންސައްތަ މާކްސް ދިނުމަށް ހަމަޖެހިފައިވަނީ އޮންލައިން ކޮށް ވޯޓް ދީގެންނެވެ. 

ސާޓާ އެވޯޑް އެންމެ ފުރަތަމަ ބާއްވާފައި ވަނީ 2016 ވަނަ އަހަރު ސްރީލަންކާގަ އެވެ. 2017 ވަނަ އަހަރު ރާއްޖޭގައި އެވޯޑް ދިނުމުގެ ރަސްމިއްޔާތު ބާއްވާފައިވާ އިރު، 2018 ވަނަ އަހަރު އިންޑިއާގައި، އަދި 2019 އަހަރު އެވޯޑް ދިނުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ލަންކާގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް