ads
މާހިރާ ހާން
މާހިރާ ހާން ކޮވިޑް އަށް ޕޮޒިޓިވްވެއްޖެ
ފާކިސްތާނުގެ މަޝްހޫރު ބަތަލާ މާހިރާ ހާން ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ޕާކިސްތާނާއި އިންޑިޔާގެ މީޑިޔާއިން ބުނާ ގޮތުގައި ލަފާކުރެވެނީ އޭނާއަށް ކޮވިޑް ޖެހުނީ ނީލޯފަރު ގެ ޝޫޓިން ތެރެއިންނެވެ.  

ބޮލީވުޑް ފިލްމުތަކުން މަދުން ނަމަވެސް ފެންނަ ބަތަލާ މާހިރާއަށް ކޮވިޑް 19 ޖެހުނުކަން ހާމަކުރަމުން އޭނާ ބުނީ މިވަގުތު އޭނާ ހުރީ އައިސޮލޭޝަންގަަ ކަމަަށާއި އޭނާ އާ ޑައިރެކްޓް ކޮންޓެކްޓުވި މީހުން އެކަމަށް ސަމާލުވުމަށް އަންގާފައިވާކަމަށެވެ. 

ޕާކިސްތާނު ފިލްމު އިންޑަސްޓްރީގެ މަގްބޫލު ބަތަލާ މާހިރާ ވަނީ ދާދިފަހުން ފަވާދު ހާން އާ އެކު ފިލްމެއްގެ ޝޫޓިންގައި ބައިވެރިވެފަ އެވެ. މާހިރާ ބުނީ ބަލިން އަވަހަށް ސަލާމަތްވެގެން އެނބުރި އަންނާނެ ކަމަށާއި ހުރިހާ އެންމެންނަށް ވެސް މާސްކް އެޅުމަށް ހަނދާންކޮށްދޭ ކަމަަށެވެ. 

މާހިރާ ހާން ވަނީ ޝާހްރުކް ހާން އާއެކު ފިލްމު ރައީސްގައި ބަތަލާގެ މަގާމު އަދާ ކޮށްފައެވެ. ބޮލީމުޑް އިން އޭނާ މަޝްހޫރު ވެގެން ދިޔައީ މި ފިލްމު ކުޅުނު ފަހުންނެވެ.

 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް